ދިވެހިރާއްޖެ
މިއަތޮޅުގައި މަސްވެރިކަން ކުރުމަށް ހަރުކުރެވިފައިވާ ކަނދުފަތި ކަނޑައިގެން ގޮސްފައިވާތީ،އަލުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަން އެންޑް އެގްރިކަލްޗަރގެ ފަރާތުން މިއަތޮޅުގައި ވަނީ މަސްވެރިކަން ކުރުމަށް އާ ކަނދުފަށްޗެއް ޤާއިމުކޮށްފައެވެ. އަދި މިފަދަ ކަނދުފަތިތަކަކީ ދައުލަތުން ބޮޑު ހޭދައެއް ކުރައްވައިގެން ބުރަ މަސައްކަތަށްފަހު ޤާއިމުކުރައްވާ ތަކެތި ކަމުގައިވާތީ، ކަނދުފަށްޗަށް ސަމާލުވެ ބެލެހެއްޓުމަށާއި، ކަނދުފަޗަށް ގެއްލުމެއް ލިބިއްޖެނަމަ ލިބޭ ގެއްލުން ލަސްނުކުރައްވާ މި ކައުންސިލަށް އެންގެވުން އެދެމެވެ.
މިގޮތުން ކަނދުފަށްޗެއް ކަނޑައިގެން ގޮސްފިނަމަ، ކަނޑައިގެން ދިޔަ ތާރީޚާއި، ހޮވިނަމަ ހޮވި ތާރީޚާއި، ހޮވިފަރާތާއި، ހޮވި އުޅަނދާއި، ބޮޔާއި އަދި ބޮޔާއިއެކު ހޮވި ތަކެތި އަދި ކަނޑައިގެން ގޮސްފައިހުރި ތަނުގެ ތަފްސީލްގެ މައުލޫމާތުވެސް މިކައުންސިލަށް އަންގަވައިދެއްވުން އެދެމެވެ.
- ކަނދުފަށްޗާއި ބެހޭ މަޢުލޫމާތެވެ.
- ކަނދުފަތި ޤާއިމުކުރި ތާރީޙް: 16 މާރޗް 2023
- ކަނދުފަތި ޤާއިމުކުރި ސަރަޙައްދު : ނ.މާފަރު އިރުން 8.5 މޭލު ބޭރުގައި
- ކަނދުފަތި ނަންބަރު: E10D01
- ޕޮޒިޝަން: 05 ދަރަޖަ 49 މިނެޓް 52 ސިކުންތު،އުތުރު އަރުޞު (05°49’52”N )
73 ދަރަޖަ 37 މިނެޓް 23 ސިކުންތު،އިރު ތޫލު (73°37’32”E)
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
28 މާރިޗު 2023