ދިވެހިރާއްޖެ
`
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ކުޑަރިކިލު، ދިވެހިރާއްޖެ
Secretariat of the Kudarikilu Council, South Maalhosmadulu
Kudarikilu, Rep of, Maldives
(IUL)313-PP/313/2023/24 :ނަންބަރު
އިޢުލާން
ބީލަން ހުށަހެޅުމުގެ ދައުވަތު
ބ.ކުޑަރިކިލުގައި ކުނި މެނޭޖްކުރާ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، އެމަސައްކަތަށް ބޭނުންވާ 1.5 ޓަނުގެ ޑަމްޕު ޕިކަޕެއް ގަތުމަށް ބޭނުންވެގެން ކުރި ނަންބަރ (IUL)313-PP/313/2023/20 އިޢުލާން ބާޠިލުކޮށް، އެ މަސައްކަތަށް ބޭނުންވާ 1.5 އާއި 02 ޓަނާއި ދެމެދުގެ ޑަމްޕު ޕިކަޕެއް ގަތުމަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން، މިކައުންސިލްގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ބިޑް ރަޖިސްޓްރީކުރުން
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިކައުންސިލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިކަމަށް ޚާއްސަ ކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ކުރުމަށްއެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، އީމެއިލްގެ ޒަރީއާއިން ނުވަތަ ކުޑަރިކިލު ކައުންސިލަށް ހުށަހެޅުއްވުމުން، ރަޖިސްޓްރީކުރުމުގެ މަރުހަލާ ފުރިހަމަވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން، އެސް.އެމް.އީ އަދި ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ، ގެޒެޓްކުރެވޭ ދުވަހުން ފެށިގެން، 03 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ. މިމުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
ޕްރީބިޑް ބައްދަލުވުން
މިބިޑާއި ބެހޭ ހުރިހާ މައުލޫމާތެއް މިއިއުލާނާއިއެކު ގެޒެޓް ކުރެވިފައިވާތީ، މައުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް
މިއިއުލާނުގައިވާ ނަންބަރަށް ގުޅުއްވާ ނުވަތަ މެއިލްގެ ޒަރިއްޔާއިން ހިއްސާކުރެއްވުމަށް ދަންނަވަމެވެ.
ބިޑް ސެކިއުރިޓީ
މިއިއުލާނާއި ގުޅިގެން، ބިޑް ހުށަހަޅުއްވާ ފަރާތްތަކުން، ބިޑް ސެކިއުރިޓީ ހުށަހަޅާކަން ނުޖެހޭނެއެވެ.
ބީލަން ފޮތް ދޫކުރުން
މިބިޑާއި ގުޅޭ ބީލަންފޮތް ދޫކުރުމަށް ހަމަޖެހިފައިވަނީ މިބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ، ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅަންވާނީ، 10 އޭޕްރިލް 2023 ވާ ހޯމަ ދުވަހުގެ 11:00 ށް ކުޑަރިކިލު ކައުންސިލްގެ އިދާރާއަށެވެ. ގަޑިޖެހުމަށްފަހު، ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ 10 އޭޕްރިލް 2023 ވާ ހޯމަ ދުވަހުގެ 11:10 ގައި، މިކަމަށް ބީލަން ހުށަހަޅުއްވާ ބީލަންވެރިން، ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
އިތުރު މައުލޫމާތު ސާފުކުރުން
އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ތިރީގައިވާ އީމެއިން އަށް މެއިލް ކުރެއްވުން ނުވަތަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
އީމެއިލް: [email protected]
ފޯނު ނަންބަރު: 4000079 ހޮޓްލައިން: 9170060
ނޯޓް:
މައުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު ކުޑަރިކިލު ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސެސްގެ ކޮންމެ ވަގުތެއްގައިވެސް އެބިޑެއް ބާޠިލް ކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.
އިވެލުއޭޝަން މިންގަނޑު |
|||
ޕޮއިންޓް ދެވޭވެ ދާއިރާ |
ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް |
ޕޮއިންޓްގެ އަދަދު |
މަދުވެގެން ހޯދަންޖެހޭ ޕޮއިންޓް |
އަގު |
|
75 |
30 |
މުއްދަތު |
|
10 |
05 |
މަސައްކަތުގެ ތަޖުރިބާ |
|
10 |
05 |
ވޮރެންޓީ |
|
5 |
|
ޖުމްލަ |
100 |
40 |
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ރަމަޟާން 1444
28 މާރޗް 2023