އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

                          އިޢުލާން                         

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 (ޖީ.އެސް 3)

ބޭނުންވާ އަދަދު:

1  

މުސާރަ:

4,465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް:

1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ

އެޓަރނީ ޖެނެރަލްސް އޮފީސް އެލަވަންސް

 އަސާސީ މުސާރައިގެ %35 

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އެ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް/ ސިވިލް ލިޓިގޭޝަން ސެކްޝަން، މާލެ

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • ސެކްޝަނަށް އަންނަ ތަކެތި ބަލައިގަނެ، އެންޓްރީ ބެލެހެއްޓުން.
  • ކޯޓު ޝެޑިއުލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ސެކްޝަނުގެ ސިޓީތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  • ސެކްޝަނުގެ މައްސަލަތަކާގުޅިގެން މީޓިންގތައް ހަމަޖައްސައި ރެކޯޑުތައް ބެލެހެއްޓުން.
  • ސެކްޝަނުގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  • ބްރީފިންގެ އިންތިޒާމު ހަމަޖައްސައި ރެކޯޑުތައް ބެލެހެއްޓުން.
  • އެޓަރނީން މައްސަލަތަކާގުޅިގެން ކުރަންޖެހޭ ދަތުރު ފަތުރުގެ އިންތިޒާމު ހަމަޖެއްސުން.
  • ސެކްޝަން ހިންގަމުންގެންދާ ވެރިންގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.
  • އޮފީސް ޑިއުޓީނެގުމާއި އޮފީސް ހުޅުވައި ލެއްޕުން.
  • މީގެއިތުރުންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ

ސަނަދެއް ހާސިލުކޮށްފައި ވުމާއެކު

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑު ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސުކޫލު

ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑު ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު

- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން

- މައިކްރޯސޮފްޓު އޮފީސް ބޭނުންކުރަން އެނގުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 15 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް އަންނަނިވި

ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް

އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.    

  1. ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  2. އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ؛
  3. ސުކޫލު ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް

ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ

ލިޔުމެއް؛ އަދި

  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި،

ހާޒިރީ އަދި މަސައްކަތުގެއަޚްލާޤުހުރިގޮތްބަޔާންކޮށްވަޒީފާއަދާކުރާއޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ

ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެއުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު". މިފޯމު ހުށަނާޅައިފިނަމަ ފޯމުގައިވާ ބައިތަކަށް

ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.            

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

                          8 ރަބީޢުލްއައްވަލް 1436     

30 ޑިސެންބަރު 2014
ހޯދާ