ދިވެހިރާއްޖެ
މަޤާމު: |
ސީނިއަރ ސްޓޭޓް އެޓަރނީ |
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން: |
ސީނިއަރ ސްޓޭޓް އެޓަރނީ (ސީ.އެސް 11-2) |
ބޭނުންވާ އަދަދު: |
3 (ތިނެއް) |
މުސާރަ: |
-/12،860 (ބާރަހާސް އަށްސަތޭކަ ފަސްދޮޅަސް) ރުފިޔާ |
ސަރވިސް އެލަވަންސް: |
-/3،600 (ތިންހާސް ހަސަތޭކަ) ރުފިޔާ |
ސްޕެޝަލް ޑިއުޓީ އެލަވަންސް |
(އަސާސީ މުސާރައިގެ %35) |
މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ. |
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: |
އެޓަރނީ ޖެނެރަލްގެ އޮފީސް / ލީގަލް ޑިވިޝަން، މާލެ. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
|
މަޤާމުގެ ޝަރުޠުތައް:
|
1- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3- ލީގަލް ދާއިރާގެ އޮނިގަނޑުގެ، ސީއެސް 9-5 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު |
އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން: |
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު ޖަނަވަރީމަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެއެވެ. ވުމާއެކު، މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އެތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 11 ޖަނަވަރީ 2015 ވާ (އާދީއްތަ) ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް http://www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
08 ރަބީޢުލްއައްވަލް 1436