މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާއިން ވަކިކުރައްވާފައިވާ ފޫޅުމައިންގެ ތެރެއިން އަލުން ޞިއްޙީ ޚިދުމަތާގުޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

                                   އިޢުލާނު

ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ޞިއްޙީ ޚިދުމަތުން ވަކިކުރެވިފައިވާ ފަރާތްތައް އަލުން އަނބުރާ ޞިއްޙީ ޚިދުމަތަށް ނެރުމުގެ މަސައްކަތް މި މިނިސްޓްރީން މިދަނީކުރަމުންނެވެ. މިގޮތުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ފޫޅުމައިގެ ވަޒީފާގައި ކުރިން މަސައްކަތް ކުރައްވާފައިވާ، އަދި ހެލްތު ސަރވިސަސް ކޯޕަރޭޝަންތަކުން ވަޒީފާއިން ވަކިކުރައްވާފައިވާ ފޫޅުމައިންގެ ތެރެއިން އަލުން ޞިއްޙީ ޚިދުމަތާ ގުޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނަށް ޙަވާލާދީ 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ސިޓީން ހުށަހެޅުއްވުމަށް ދެންނެވީމެވެ. 

ސިޓީ ހުށަހަޅުއްވާއިރު ސިޓީއާއެކު ސާފު އައިޑީކާޑުގެ ކޮޕީއާއި ކުރިން ފޫޅުމައެއްގެ ގޮތުގައި ވަޒީފާއަދާކުރައްވާފައިވާ ކަމުގެ ލިޔުމާއި ފޫޅުމާކަމުގެ ސެޓުފިކެޓު ހުށަހެޅުއްވުންއެދެމެވެ.

     

30 ޑިސެންބަރު 2014
ހޯދާ