ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ނަންބަރު : WAMCO-PRO-IUL/2023/024
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ސެކަންޑް ހޭންޑް ޑަމްޕް ޓްރަކް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިކަންހުރި ފަރާތެއް ހޯދުން.
މިކޯޕަރޭޝަނުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްތަށް ބޭނުންވާ ތިރީގައި މި ދަންނަވާ ސެކަންޑް ހޭންޑް ވެހިކަލްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބޭނުންވާ ވެހިކަލް |
ބޭނުންވާ އަދަދު |
350 ކިލޯގެ ޑަންޕްޓުރަކް |
02 |
01 ޓަނުގެ ޑަންޕްޓުރަކު |
02 |
1.5 ޓަނުގެ ޑަންޕްޓުރަކް |
02 |
02 ޓަނުގެ ޑަންޕްޓުރަކް |
02 |
350 ކިލޯގެ ޕިކަޕް |
02 |
01 ޓަނުގެ ޕިކަޕް |
02 |
1.5 ޓަނުގެ ޕިކަޕް |
02 |
02 ޓަނުގެ ޕިކަޕް |
02 |
އިތުރު މައުލޫމާތު
- ވެހިލަލްތަކަކީ 2019 ވަނަ އަހަރު ނުވަތަ އޭގެ ފަހުން އުފެއްދި ވެހިކަލްތަކެއް ކަމުގައި ވާންވާނެއެވެ.
- މިކޯޕަރޭޝަނުން ހުށަހަޅާ ދަޢުވަތާ ގުޅިގެން މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން އެފަރާތެއްގެ އަތުން ލިބެންހުންނަ ވެހިކަލްތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ.
ވީމާ، މިކޯޕަރޭޝަނުން ކުރާ އިޢުލާނާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާއިރު އަންނަނިވި ކަންތައްތައް ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.
- ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
- ވެހިކަލްތަކުގެ ސްޕެސިފިކޭޝަން
- ވެހިކަލް ސަޕްލައި ކޮށްދެވޭނެ މުއްދަތު
- ޝައުޤުވެރިކަން ފާޅުކުރާ ފަރާތުން މިމަސައްކަތާއި ގުޅޭގޮތުން ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ތަޖުރިބާގެ ތަފްސީލު ޕްރޮޕޯސަލްގައި ބަޔާންކުރަންވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީހުގައި މި ކޯޕަރަޝޭނަށް ވަޑައިގެން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޙު |
ގަޑި |
ތަން |
ޝަޢުޤުވެރިކަން ފާޅުކުރުން |
03 އޭޕްރިލް 2023 |
11:00 |
މާލޭ އިންޑަސްޓްރިއަލް ވިލްޖުގައި ހުންނަ ވެމްކޯގެ އޮފީސް |
03 އޭޕްރިލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ޕްރޮޕޯސަލްއެއް ބަލައެއް ނުގަނެވޭނެއެވެ.
ޝައުޤުވެރިކަން ފާޅުކުރައްވާއިރު އިޢުލާންގައިވާ ނުކުތާތަކަށް އިސްކަންދީ މަޢުލޫމާތުތައް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3025804 ފެކްސް ނަންބަރު: 3000584
27 މާރިޗު 2023