މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މާލެއަތޮޅު ވިލިނގިލީގެ ޕްރީސުކޫލު އުމުރުފުރާގެ ދަރިވަރުންނަށް މުޙްޔިއްދީން ސުކޫލުގައި 2015 ވަނަ އަހަރު ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ވަގުތީގޮތުން ހުޅުވާލުން

މާލެއަތޮޅު ވިލިނގިލީގައި ޕްރީސްކޫލް ތައުލީމު ހާސިލު ކުރަމުންދިޔަ ބައެއް ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ކަންބޮޑުވުންތައް ބެލެނިވެރިންގެ ފަރާތްޕުޅުންވެސް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްދެއްވާފައި ވާތީއާއި، އާ ދިރާސީ އަހަރު ފެށޭއިރު އެދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތްޕުޅުން މި މިނިސްޓްރީގައި އެދިވަޑައިގެންފައިވާތީ، މާލެއަތޮޅު ވިލިނގިލީގައި ޕްރީސްކޫލް ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް މުޙްޔިއްދީން ސްކޫލުގައި ޕްރީސްކޫލް ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ދޭގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މި ފުރުސަތުގެ ބޭނުންހިއްޕެވުމަށް ބޭނުންފުޅުވާ ބެލެނިވެރިން 2015 ޖަނަވަރީ 3 ވާ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 2:00 އަށް މުޙްޔިއްދީން ސްކޫލަށް ވަޑައިގެން ރަޖިސްޓްރޭޝަން ފޯމު ނަންގަވައި ފުރިހަމަކުރެއްވުމަށްފަހު 7 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

މިގޮތުން މިހުޅުވާލާ ފުރުސަތުގައި ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ މިދަންނަވާ އުމުރުފުރާ ތަކަށެވެ.     

  • ބޭބީ ނާސަރީ އަށް :  2015 ޖަނަވަރީ 1 އަށް ، 2 އަހަރާއި 6 މަސް ފުރިފައިވުން
  • ނާސަރީ އަށް    :  2015 ޖަނަވަރީ 1 އަށް ، 3 އަހަރު ފުރި 4 އަހަރު ފުރިފައި ނުވުން
  • އެލް.ކޭ.ޖީ އަށް   :  2015 ޖަނަވަރީ 1 އަށް ، 4 އަހަރު ފުރި 5 އަހަރު ފުރިފައި ނުވުން
  • ޔޫ.ކޭ.ޖީ އަށް    :  2015 ޖަނަވަރީ 1 އަށް ، 5 އަހަރު ފުރި 6 އަހަރު ފުރިފައި ނުވުން

               9 ރަބީޢުލްއައްވަލް 1436

31 ޑިސެންބަރު 2014
ހޯދާ