ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅުކައުންސިލަން ވޭނެއް ހޯދުމަށް

 

  ނަންބަރ.  7(IUL)241-A/241/2023/

އިޢުލާން

 ގއ.އަތޮޅު ކައުންސިލަން ވޭނެއް ހޯދުން.   

                            މިއަތޮޅު އަތޮޅުކައުންސިލް އިދާރާގެ ބޭނުން ކުރުމަށް މިއިޢުލާނާ އެކު ގެޒެޓްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ވޭނެއް  ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.    

    ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން   02 އެޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 10.30އަށް މިއިދާރާގައި ރަޖިސްޓްރި ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ގެޒެޓްކުރެވިފައިވާ ބިޑް ޑޮކްއިމެންޓްގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް )  (  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

     ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ވޭން އާއި ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 9 އެޕްރީލް  2023 ވާ އާދީއްތަ ދުވަހުގެ 11:00ގައެވެ. ގއ. އަތޮޅުކައުންސިލް އިދާރާގައެވެ.  ވޭން ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 16 އެޕްރީލް 2023ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ބިޑްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ

      މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

 

 

 

 

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

  • ހުށަހަޅާ އަގަށް               60%
  • މުއްދަތަށް                  10%
  • ލިބިފައިވާ ތަޖުރިބާ އަށް          15%
  • މާލީ ތަނަވަސްކަން             15%  ( މާލީ ތަނަވަސްކަން ހުރި ކަމަށް ބަލައިގަނެވޭނީ ހުށަހަޅާ ފަރާތުގެ ބޭންކް ސްޓޭޓްމެންޓް ނުވަތަ ގެރެންޓަރ ދޭ ފަރާތެއްގެ ލިއުމެއް ) ހުށަހެޅުމުންނެވެ. މި ގޮތަން ހުށަނާޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .

                 04  ރަމަޝާން  1444ހ.     

                 26   މާރޗް   2023 މ.

26 މާރިޗު 2023
ހޯދާ