ދިވެހިރާއްޖެ
އިޢުލާން
1444 ވަނަ އަހަރުގެ ފިޠުރުޒަކާތްބަލައިގަތުމާބެހޭ
މިއަހަރު (1444ހ) މުޅި ރާއްޖޭގައި ފިޠުރުޒަކާތް ނެރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޢާއްމުކޮށްފައިވާ ރޭޓްތަކުންނެވެ. އެހެންކަމުން، މިއަހަރު ފިޠުރުޒަކާތް ބަލައިގަތުމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީގެ ނަންބަރު142-C2/CIR/2023/8 : (19 މާރިޗު 2023) ސަރކިއުލަރ އާއި އެއްގޮތަށެވެ.
1- ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާއްމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.
2- ފިޠުރުޒަކާތް ބަލައިގަންނަން ފަށާނީ 04 ރަމަޟާން 1444 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 ވަނަ ދުވަހުގެ ނިޔަލަށެވެ.
3- ކައުންސިލްތަކުން ފިޠުރުޒަކާތް ބަލައިގަންނާނީ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ނަގުދު ފައިސާ އިންނެވެ. ނުވަތަ އޮންލައިންކޮށް ފައިސާ ދައްކަން ބޭނުންވާ ބޭފުޅުން އިޢުލާނާ އެކު އެއްހީރަސްކުރެވިފައިވާ ލިންކްތަށް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ވާހަކަ ދަންނަވަމަވެ.
މިއަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށްޓަކައި ޢާއްމުކުރެވިފައިވާ ގޮވާމުގެ ބާވަތްތަކާއި ރޭޓްތައް މި އިޢުލާނާއެކު އެއްހީރަސްކުރެވިފައި ވާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.