މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެޑިކަލް ރަޖިސްޓްރޭޝަން އިމްތިޙާނު ބޭއްވުން

މިމިނިސްޓްރީގެ ނަންބަރު IUL)23-RBC/23/2013/37)ފ(07 ޑިސެންބަރު 2014) ގެ އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. މޯލްޑިވްސް މެޑިކަލް ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ މެޑިކަލް ރަޖިސްޓްރޭޝަން އިމްތިޙާނު 07 ޖަނަވަރީ 2015 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އަންގައި އިޢުލާނު ކުރަމެވެ. މި އިމްތިޙާނުގައި އަންނާނެ ބައިތަކާބެހޭ މަޢުލޫމާތާއި އިމްތިޙާނަށް ރަޖިސްޓަރީ ކުރެވޭނެ ގޮތުގެ ތަފުސީލު މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ވެބްސައިޓް ( www.mmc.gov.mv ) އިން އެނގެން ހުންނާނެވާހަކަވެސް ދެންނެވީމެވެ.

31 ޑިސެންބަރު 2014
ހޯދާ