ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އޮފިސަރ
|
ވަޒީފާގެ ދާއިރާ:
|
ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާރޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01
|
މުސާރަ:
|
-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ؛
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުމާއި އެކު ފައިނޭންސް ދާއިރާއިން ޑިޕްލޮމާ އެއް ޙާޞިލްކޮށްފައިވުން ނުވަތަ؛
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވުމާއި އެކު ފައިނޭންސް ދާއިރާއިން ލެވެލް 04 ގެ ސެޓްފިކެޓެއް ހާސިލްކޮށް މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޕޭމަންޓް ވައުޗަރ ހެދުމުގެ ކުރިން ސަރވިސް އޯޑަރ ނުވަތަ ޕާޗޭސްއޯޑަރ ފޯމްގައިވާ ތަކެއްޗާއި ޚިދުމަތް އެއްބަސް ވެފައިވާ އަގުތަކާއި ދިމާވޭތޯ ބަލާ ޗެކްކުރުމާއި، އަދި މުދާ ނުވަތަ ޚިދުމަތް ލިބުނުތޯ ބަލާ ޗެކްކުރުން.
- މާލެ ހެޑް އޮފީހުގެ ޕެޓީ ކޭޝް އަދި އެހެނިހެން ފައިސާ ހަވާލުކުރަންޖެހޭ ޕޭމަންޓް ވައުޗަރ ހެދުމާއި ފައިސާ ނެގުމާއި ޙަވާލުކުރުން.
- ފައިސާ ނެގުމުގެ މަސައްކަތުގައި ހެޑް ކޭޝިއަރ އަދި ބޭންކް ތަކާއި މުޢާމަލާތުކުރުން.
- މާލެ ހެޑް އޮފީހުގެ މިސަލޭނިއަސް ޕޭމަންޓް ވައުޗަރ ހެދުމާއި ފައިސާ ޓްރާންސްފާރކޮށް ސްލިޕްތައް ފޮނުވައި އެމްނެޓް އަޕްޑޭޓް ކުރުން.
- އެހެނިހެން ޕޭމަންޓް ވައުޗަރތައް ހެދުން (އެކަމަށް ޙަވާލުކުރެވިފައިވާ ސްޓާފް ޗުއްޓީ ނެގުން ނުވަތަ ސަލާމް ބުނުމުން)
- ކޯޓޭޝަން ޕޭމަންޓްތަކުގެ އިންވޮއިސްތައް ހަމަކުރުން.
- ރާއްޖެތެރޭގެ ޑީސަލް ބިލްތައް އެކައުންޓް ސޮފްޓްވެއަރގައި ރެކޯރޑް ކުރުން.
- ވެންޑަރ ރިކޮންސައިލް ކުރުން، ނުދައްކާ ގިނަދުވަސް ވެފައި ހުރި އިންވޮއިސްތައް ބަލައި ކަމާއި ގުޅުންހުރި ޑިޕާރޓްމަންޓްތަކާއި މުޢާމަލާތުކުރުން.
- ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ވައުޗަރތައް ފައިލް ކުރުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
30 އެޕްރީލް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 30 އެޕްރީލް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
05 ރަމަޟާން 1444
27 މާރިޗު 2023
|