ދިވެހިރާއްޖެ
﷽
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް،
މާލެ، ދިވެހިރާއްޖެ.
ނަންބަރު:FSM-ADV/2023/023
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ މައުލޫމާތާއި އެއްގޮތަށް، މި ކުންފުނީގެ ސާވާރރޫމަށް ބޭނުންވާ ސްމާޓް ޔޫޕީއެސް ސަޕްލައިކޮށް އިންސްޓޯލް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 30 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.
- ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
- ބީލަމުގެ އިޢުލާނު ނަންބަރ
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 04 އޭޕްރިލް 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ތިރީގައިވާ އެޑުރެހުގައެވެ،
6 ވަނަ ފަންގިފިލާ
އެފް އެސް އެމް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ
- އީމެއިލް މެދުވެރިކޮށްނަމަ[email protected]އަށް މެއިލްގެ ޒަރީޢާއިންނެވެ.
މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
26 މާރިޗު 2023