ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރެވޭ ބިންތަކަށް އަގު ކަނޑައެޅުމާބެހޭ

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރެވޭ ބިންތަކަށް އަގު ކަނޑައެޅުމާބެހޭ އެނެކްސް 1

ތަޢާރުފާއި ނަން

  1.  

(ހ)

މިއީ، ތިނަދޫ އިޚްތިޞާޞް ހިނގާ ސަރަހައްދުން ދޫކުރެވިފައިވާ ބިންތަކަށް ކަނޑައެޅިފައިވާ އަގުތައް މުރާޖަޢާކުރުމަށް ކައުންސިލްގެ ނަންބަރު:TND/NMN-4DR-30/2022/6 ނިންމުމާ އެއްގޮތަށް އަދި ޤަވާއިދު ނަންބަރު:2018/R-69 (ދިރިއުޅުމުގެ ބޭނުމަށްނޫން އެހެނިހެން ބޭނުންތަކަށް ބިންދޫކުރުމާބެހޭ ޤަވާއިދު)އަށް 4ވަނަ އިސްލާޙްގެނައުމުގެ ޤަވާއިދުގެ 9ވަނަ މާއްދާއާއި އެ މާއްދާގެ (ހ)އަދި (ބ)އިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ތިނަދޫ އިޚްތިޞާޞް ހިނގާ ސަރަހައްދުން ދޫކުރެވިފައިވާ ބިންތަކަށް ކަނޑައެޅިފައިވާ އަގުތައް މުރާޖަޢާކޮށް، އައު އެއްބަސްވުން އެކުލަވާލުމުގައި ކުރިން ކަނޑައެޅިފައިވާ ކުލީގެ އަގުތަކަށް ގެނެވޭ ބަދަލާއި، އަދި އަލުން އިޢުލާންކުރެވޭ ބިންތަކަށް މުއްދަތު އަދި ކުލި ކަނޑައަޅައި އެނެކްސް 1:ގެ ގޮތުގައި ކައުންސިލުން ފާސްކޮށްފައިވާ އެނެކްސްއެކެވެ.

 

 

(ށ)

މި އެނެކްސް އަށް ކިޔާނީ، "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރެވޭ ބިންތަކަށް އަގު ކަނޑައެޅުމާބެހޭ އެނެކްސް 1" އެވެ.

ޢަމަލުކުރަން ފަށާ ތާރީޚު

  1.  

މި އެނެކްސްއަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އެނެކްސް ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

މާނަކުރުން

  1.  

"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި އެނެކްސްގެ ވަކި ތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލަށެވެ.

 

 

 

 

 

އެނެކްސް 1:

  1.  އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭ އިރު، ބިމުކުލި ބޮޑު ކުރެވޭނެ ބޭންޑްތައް

1.1

ދަނޑުވެރި، މަސްވެރިބޭނުމަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން 5 (ފަހެއް) އަހަރަށްވުރެ ކުރު މުއްދަތަކަށް ދޫކުރެވިފައިވާ ބިންތަކުގެ މުއްދަތު އިތުރުކުރާނަމަ މުއްދަތު އިތުރުކުރެވޭނީ، އަހަރުން އަހަރަށް ކުލީގެ އަގު މަތިކޮށް އަންނަނިވި ރޭޓްތަކާ އެއްގޮތަށެވެ.

 

 

(ހ)

ފުރަތަމަ އަހަރުންފެށިގެން 2 (ދޭއް) ވަނަ އަހަރުގެ ނިޔަލަށް.

 30 (ތިރީސް) ލާރި އަކަފޫޓަކަށް އިތުރުކުރުން.

 

(ށ)

 3 (ތިނެއް) ވަނަ އަހަރުން ފެށިގެން 5 ވަނަ އަހަރުގެ ނިޔަލަށް.

 50 (ފަންސާސް) ލާރި އަކަފޫޓަކަށް އިތުރުކުރުން.

1.2

ދަނޑުވެރި، މަސްވެރި ބޭނުމަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން،  ދަނޑުވެރި، މަސްވެރި ބޭނުން ނޫން އެހެން ބޭނުމެއް (އެހެނިހެން މަސައްކަތް/ 1.3ގައި ނުހިމެނޭ) އެފަދަ ބިންތަކުގައި ކުރާނަމަ، އެ މަސައްކަތެއް ކުރެވޭނީ އެމައްސަކަތް ކުރުމަށް ކައުންސިލުން ހުއްދަ ހޯދައިގެންނެވެ. އަދި މުއްދަތު އައުކޮށް، އެ ބިންތަކަށް ކުލި ކަނޑައެޅުމުގައި އަމަލުކުރެވޭނީ މި އެނެކްސްގެ ކެޓަގަރީ 1ގެ ދަށުންނެވެ. އެގޮތުން މުއްދަތު އައުކުރުމުގައި އަމަލުކުރާނީ އަކަފޫޓަކަށް 1ރ.ގެ ރޭޓުން ކުލި ކަނޑައަޅައިގެންނެވެ.

 

1.3

ދަނޑުވެރި، މަސްވެރި ބޭނުމަށް ދޫކުރެވިފައިވާ ބިންތައް ފިޔަވައި އެ ނޫން އެހެން ބޭނުމެއް (ގައު އެޅުމާ، ވޯކްޝޮޕް) ފަދަ ސިނާޢީ ކުދި މަސައްކަތްކުރާ ބިންތަކުގެ، ތެރެއިން 10 (ދިހަ) އަހަރަށްވުރެ ކުރު މުއްދަތަކަށް ދޫކުރެވިފައިވާ ބިންތަކުގެ މުއްދަތު އިތުރުކުރާނަމަ މުއްދަތު އިތުރުކުރެވޭނީ، އަހަރުން އަހަރަށް ކުލީގެ އަގު މަތިކޮށް އަންނަނިވި ރޭޓްތަކާ އެއްގޮތަށެވެ.

 

(ހ)

ފުރަތަމަ އަހަރުންފެށިގެން 4 (ހަތަރު) ވަނަ އަހަރުގެ ނިޔަލަށް.

45 (ސާޅީސް ފަހެއް) ލާރި އަކަފޫޓަކަށް އިތުރުކުރުން.

 

(ށ)

5 (ފަހެއް) ވަނަ އަހަރުން ފެށިގެން 10 (ދިހައެއް) ވަނަ އަހަރުގެ ނިޔަލަށް.

90 (ނުވަދިހަ) ލާރި އަކަފޫޓަކަށް އިތުރުކުރުން.

1.4

ސިނާއީ ބިންތަކަށް ދޫކުރެވިފައިވާ ބިންތަކުގެ މުއްދަތު އިތުރުކޮށްގެން އެއްބަސްވުން އައުކުރެވޭނީ އަންނަނިވި 3 (ތިނެއް) ކެޓަގަރީގައި ބަޔާންކުރާ  ރޭޓްތަކާ އެއްގޮތަށެވެ.

 

ކެޓަގަރީ 1: އަކަފޫޓެއް -/1ރ (އެއް ރުފިޔާ) އާއި 2ރ (ދެރުފިޔާ) އާދެމެދު ދޫކުރެވިފައިވާ ބިންތައް

#

އެއްބަސްވުން އައުކުރެވޭ މުއްދަތު

އެއްބަސްވުމުގެ މުއްދަތުގައި ކުލި ދައްކަންވީ ގޮތުގެ ތަފްސީލް

 

 ފުރަތަމަ އަހަރުންފެށިގެން 3 (ތިނެއް) ވަނަ އަހަރުގެ ނިޔަލަށް.

 60 (ފަސްދޮޅަސް) ލާރި އަކަފޫޓަކަށް އިތުރުކުރުން.

 

 4 (ހަތަރެއް) ވަނަ އަހަރުން ފެށިގެން 7 (ހަތެއް) ވަނަ އަހަރުގެ ނިޔަލަށް.

60 (ފަސްދޮޅަސް) ލާރި އަކަފޫޓަކަށް އިތުރުކުރުން.

 

  8 (އަށެއް) ވަނަ އަހަރުންފެށިގެން  10 (ދިހައެއް) ވަނަ އަހަރުގެ ނިޔަލަށް.

 60 (ފަސްދޮޅަސް) ލާރި އަކަފޫޓަކަށް އިތުރުކުރުން.

 

 

         

ކެޓަގަރީ 2: އަކަފޫޓެއް -/2ރ (ދެ ރުފިޔާ) އާއި -/5ރ (ފަސް ރުފިޔާ) އާދެމެދުގެ އަގަށް ދޫކުރެވިފައިވާ ބިންތައް

#

އެއްބަސްވުން އައުކުރެވޭ މުއްދަތު

އެއްބަސްވުމުގެ މުއްދަތުގައި ކުލި ދައްކަންވީ ގޮތުގެ ތަފްސީލް

 

އިތުރުކުރާ މުއްދަތުގެ ފުރަތަމަ އަހަރުންފެށިގެން 3 (ތިނެއް) ވަނަ އަހަރުގެ ނިޔަލަށް.

70 (ހަތްދިހަ) ލާރި އަކަފޫޓަކަށް އިތުރުކުރުން.

 

 4 (ހަތަރެއް) ވަނަ އަހަރުން ފެށިގެން 7 (ހަތެއް) ވަނަ އަހަރުގެ ނިޔަލަށް.

 70 (ހަތްދިހަ ލާރި) އަކަފޫޓަކަށް އިތުރުކުރުން.

 

8 (އަށެއް) ވަނަ އަހަރުންފެށިގެން  10 (ދިހައެއް) ވަނަ އަހަރުގެ ނިޔަލަށް.

 70 (ހަތްދިހަ ލާރި) އަކަފޫޓަކަށް އިތުރުކުރުން.

 

ކެޓަގަރީ 3: އަކަފޫޓެއް -/5ރ (ފަސް ރުފިޔާ) އަށްވުރެ ބޮޑުކޮށް ދޫކުރެވިފައިވާ ބިންތައް

#

އެއްބަސްވުން އައުކުރެވޭ މުއްދަތު

އެއްބަސްވުމުގެ މުއްދަތުގައި ކުލި ދައްކަންވީ ގޮތުގެ ތަފްސީލް

 

އިތުރުކުރާ މުއްދަތުގެ ފުރަތަމަ އަހަރުންފެށިގެން 3 (ތިނެއް) ވަނަ އަހަރުގެ ނިޔަލަށް.

80 (އައްޑިހަ) ލާރި އަކަފޫޓަކަށް އިތުރުކުރުން.

 

 4 (ހަތަރެއް) ވަނަ އަހަރުން ފެށިގެން 7 (ހަތެއް) ވަނަ އަހަރުގެ ނިޔަލަށް.

 80 (އަށްޑިހަ ލާރި) އަކަފޫޓަކަށް އިތުރުކުރުން.

 

 8 (އަށެއް) ވަނަ އަހަރުންފެށިގެން  10 (ދިހައެއް) ވަނަ އަހަރުގެ ނިޔަލަށް.

 80 (ސާޅީސް ލާރި) އަކަފޫޓަކަށް އިތުރުކުރުން.

 

 

1.5

އަކަފޫޓެއް 1ރ (އެއް ރުފިޔާ) އަށްވުރެ ދަށް ރޭޓްގައި ދޫކުރެވިފައިވާ ސިނާޢީ ބިންތަކުގެ އެއްބަސްވުން އައު ކުރުމުގައި މި އެނެކްސްގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓްގެ ކުޑަބޮޑު މިނަށް ބަލައި މި އެނެކްސްގައިވާ ކެޓަގަރީތަކުގެ ތެރެއިން ފެތޭ ކެޓަގަރީއަކަށް އެއްބަސްވުން އައު ކުރެވިދާނެއެވެ.

 

ނޯޓް: މި އެނެކްސްގެ ދަށުން ބިންތަކުގެ މުއްދަތު އިތުރުކޮށް އައު އެއްބަސްވުން ހެދޭނީ، ބިމު ކޮމެޓީގެ އެސެސްމަންޓް ރިޕޯޓަށް ރިޢާޔަތްކޮށެވެ.

 

 

 

 

 

2. މުއްދަތު އިތުރުކުރުކޮށް އައު އެއްބަސްވުން ހެދުމުގެ ކުރިން، ކޮށްފައިވާ އިންވެސްޓްމަންޓްގެ ބޮޑުމިން އަންދާޒާކުރުމަށްފަހު މުއްދަތު ކަނޑައެޅުން   

 

އިންވެސްޓްމަންޓަށް އެކަށީގެންވާ މުއްދަތު ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ އަގުތަކުގެ ރޭންޖްތަކަށް ބެލޭނެއެވެ.

#

#

އިންވެސްޓްމަންޓްގެ ކުޑަބޮޑުމިން

ކެޓަގަރީ

މުއްދަތު

1

އިންވެސްޓްމަންޓްގެ ވެލިއު

1,000,000/-ރ (އެއްމިލިއަން ރުފިޔާ) އަށްވުރެ ދަށްނަމަ

ކެޓަގަރީ 1

5 އަހަރާއި 10 އަހަރާދެމެދު

1,000,000/-ރ (އެއްމިލިއަން ރުފިޔާ) އާއި 3,000,000/-ރ (ތިން މިލިއަން ރުފިޔާ) އާދެމެދުގެ އިންވެސްޓެއްނަމަ

ކެޓަގަރީ 2

10 އަހަރާއި 15އަހަރާ ދެމެދު

3,000,000/-ރ (ތިން މިލިއަން ރުފިޔާ) އާއި 10,000,000/-ރ (ދިހަ މިލިއަން ރުފިޔާ) އާދެމެދުގެ އިންވެސްޓެއްނަމަ

ކެޓަގަރީ 2

15 އަހަރައި 20 އަހަރާއި ދެމެދު

10,000,000/-ރ (ދިހަ މިލިއަން ރުފިޔާ) އަށްވުރެ ބޮޑު އިންވެސްޓެއްނަމަ

ކެޓަގަރީ 3

20 އަހަރާއި 35އަހަރާ ދެމެދު

 

 

3. އަލުން ބީލަމަށް ހުޅުވާލެވޭ ބިންތަކުގެ ރޭޓްތައް

#

ބިމުގެ އަކަފޫޓް

ބިމުގައި ކުރުމަށް ހުށައަޅާ އިންވެސްޓްމަންޓްގެ ކުޑަ ބޮޑުމިން

ކުލީގެ ރޭޓް

1

5000 (ފަސްހާސް) އަކަފޫޓަށްވުރެ ކުޑަ

3,000,000/-ރ (ތިން މިލިއަން ރުފިޔާ) އަށްވުރެ ދަށްނަމަ

އަކަފޫޓެއް 1/60ރ (އެއް ރުފިޔާ ފަސްދޮޅަސް ލާރި) އަށް

2

10,000(ދިހަހާސް) އަކަފޫޓާއި  50,000 (ފަންސާސް ހާސް) އަކަފޫޓާ ދެމެދު

3,000,000/-ރ (ތިން މިލިއަން ރުފިޔާ) އާއި 10,000,000/-ރ (ދިހަ މިލިއަން ރުފިޔާ) އާދެމެދުގެ އިންވެސްޓެއްނަމަ

އަކަފޫޓެއް 1ރ (އެއް ރުފިޔާ) އަށް

3

50,000(ފަންސާސް ހާސް) އަކަފޫޓަށްވުރެ ބޮޑު

10,000,000/-ރ (ދިހަ މިލިއަން ރުފިޔާ) އަށްވުރެ ބޮޑު

އަކަފޫޓެއް15  (ފަނަރަ ލާރި) އަށް

 

4

 5000 (ފަސްހާސް) އަކަފޫޓަށްވުރެ ބޮޑު ނުވާގޮތަށް، ދަނޑުވެރި/މަސްވެރި/ކޮންސްޓްރަކްޝަން މަސައްކަތަށް ނުވަތަ ގައު އެޅުމުގެ ބޭނުމަށް ދޫކުރެވޭ ބިންތަކުގެ ތެރެއިން 5 (ފަހެއް) އަހަރަށްވުރެ ކުރު މުއްދަތަކަށް ދޫކުރެވޭ ބިންތައް.

އަކަފޫޓެއް 15 (ފަނަރަ ލާރި) އަށް

26 މާރިޗު 2023
ހޯދާ