ދިވެހިރާއްޖެ
މަހާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށް ލ.ގަން މުކުރިމަގުން 4 ބިމެއް ކުއްޔަށް ދޫކުރުމާއި ގުޅޭ
ލ. ގަން މުކުރިމަގުން މަހާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށް 4 ބިމެއް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތީރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވެ، އަންދާސީ ހިސާބު ހުށައެޅުމަށް ކަނޑައެޅިފައިވާ ތާރީޚަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ. 02 އޭޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ރަޖިސްޓްރީނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެވާހަކަ ދަންނަވަމެވެ.
# |
|
ތަން |
ތާރީޙް |
ގަޑި |
1 |
ބީލަމުގެ މަޢުލޫމާތު ދިނުން |
ލ.ގަމު ކައުންސިލްއިދާރާގެ ސެމިނަރ ރޫމް |
03 އޭޕްރީލް 2023 (ހޯމަ) |
11:30 |
2 |
ބީލަން ހުށަހެޅުން |
ލ.ގަމު ކައުންސިލްއިދާރާގެ ސެމިނަރ ރޫމް |
09 އޭޕްރީލް 2023 (އާދީއްތަ) |
11:30 |
މިކަމާއިގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ބިޑް ފޯމުގެ ކޮޕީ މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 6801024 ނަންބަރަށް ގުޅުއްވުން އެދެމެވެ.