ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ހޯލުގެ 40 ފަންކާ ބަދަލުކޮށް ފަންކާގެ ދަނޑި ތިރިކުރުން އަދި 54 ސްކުއަރ ލައިޓް ސެޓް ބަދަލުކުރުން

ހޯލުގެ 40 ފަންކާ ބަދަލުކޮށް ފަންކާގެ ދަނޑި ތިރިކުރުން އަދި 54 ސްކުއަރ ލައިޓް ސެޓް ބަދަލުކުރުން

މިސްކޫލްގެ ހޯލުގެ މަރާމާތްތައްކުރުން  (ހޯލުގެ 40 ފަންކާ ބަދަލުކޮށް ފަންކާގެ ދަނޑި ތިރިކުރުން އަދި 54 ސްކުއަރ ލައިޓް ސެޓް ބަދަލުކުރުން) އިޢުލާން (ނަމްބަރ: GS03/IUL/2023/15) އަށް ބަދަލު ގެނައުމަށް ބާޠިލްކުރުމަށްފަހު އަލުންވަނީ މިފުރުޞަތު ހުޅުވާލެވިފައެވެ.

 

މިސްކޫލް ހޯލުގެ 40 ފަންކާ ބަދަލުކޮށް ފަންކާ ދަނޑި ތިރިކުރުން އަދި 54 ސްކުއަރ ލައިޓް ސެޓް ބަދަލުކުރުމުގެ މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ރަޖިސްޓްރީ ކުރެއްވުމަށް: ކުންފުނި/ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ރެޖިސްޓަރީ ކުރެވޭނެއެވެ. ([email protected])ނުވަތަ  6888626 އަށް ގުޅުއްވައިގެން ނުވަތަ ސްކޫލަށް ވަޑައިގެންވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.

#

ތަފްސީލް

ތާރީޚް

ގަޑި

1

ރަޖިސްޓްރީކުރުން

27 މާރިޗު 2023 (ހޯމަ) ދުވަހުގެ ހެނދުނު 10:00 އިން 30 މާރިޗު 2023 (ބުރާސްފަތި) ދުވަހުގެ ހެނދުނު 10:00 އަށް

2

ޕްރީ ބިޑް މީޓިން

30 މާރިޗު 2023 (ބުރާސްފަތި )

މެންދުރު  12:00

3

އަންދާސީހިސާބު ހުށަހެޅުން

03 އޭޕްރީލް 2023 (ހޯމަ )

ހެނދުނު 10:00

26 މާރިޗު 2023
ހޯދާ