ދިވެހިރާއްޖެ
އެހެން އަހަރުތަކާއި އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހުގެ ތެރޭގައިވެސް ޤުރްއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް މިކައުންސިލްއިން މިގެންދަނީ މަސައްކަތްކުރަމުންނެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ބަނޑިދޫގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ އިތުރުން، ބަނޑިދޫގައި ވަޒީފާ އަދާކުރަމުންދާ ދިވެހި ރައްޔިތެއްކަމުގައިވާ ފަރާތްތަކާއި ބަނޑިދޫ ރައްޔިތަކާއި ކައިވެނިކޮށްގެން އުޅޭ ފަރާތްތަށް އަދި މަންމަ ނުވަތަ ބައްޕަ ބަނޑިދޫ ރައްޔިތެއްކަމުގައިވާ ފަރާތްތަކުގެ އިތުރުން ބަނޑިދޫގައި ތަޢުލީމް ހާޞިލްކުރަމުންގެންދާ ދަރިވަރުންވެސް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.
މި މުބާރާތް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕެވެ. މި މުބާރާތުގެ އުމުރުފުރާތަކުގައި ކިޔަވަންޖެހޭ މިންވަރު (މުގައްރަރު) ތިރީގައި އެވަނީއެވެ.
މިމުބާރާތުގެ އުމުރުފުރާތަކުގައި ކިޔަވަން ޖެހޭ މިންވަރު ( މުޤައްރަރު )
ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮފި:
# |
އުމުރުފުރާ |
ބަލައިގެން |
ނުބަލާ |
||
މަތިން |
ތިރިން |
މަތިން |
ތިރިން |
||
1 |
6 އަހަރުން ދަށް |
1 ވަނަ ފޮތުގެ ½ |
30 ވަނަ ފޮތުގެ ½ |
ޞަފްޙާ 1 - 6 |
ޤާރިއާއިން ތިރި |
2 |
9 އަހަރުން ދަށް |
ފުރަތަމަ 2 ފޮތް |
ފަހު 2 ފޮތް |
1 ވަނަ ފޮތުގެ ½ |
30 ވަނަ ފޮތުގެ ½ |
3 |
12 އަހަރުން ދަށް |
ފުރަތަމަ 5 ފޮތް |
ފަހު 5 ފޮތް |
ފުރަތަމަ 2 ފޮތް |
ފަހު 2 ފޮތް |
4 |
15 އަހަރުން ދަށް |
ފުރަތަމަ 7 ފޮތް |
ފަހު 7 ފޮތް |
ފުރަތަމަ 3 ފޮތް |
ފަހު 3 ފޮތް |
5 |
18 އަހަރުން ދަށް |
ފުރަތަމަ 9 ފޮތް |
ފަހު 9 ފޮތް |
ފުރަތަމަ 4 ފޮތް |
ފަހު 4 ފޮތް |
6 |
18 އަހަރުން މަތި |
ފުރަތަމަ 15 ފޮތް |
ފަހު 15 ފޮތް |
ފުރަތަމަ 5 ފޮތް |
ފަހު 5 ފޮތް |
- އުމުރު ބަލާނީ 1 ޖެނުއަރީ 2023 އަށް ފުރޭ އަހަރަށެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު 30 މާރޗް 2023 ވާ ބުރާސްފަތި ދުވަހު 12.00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ