މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަޔޯޑީގްރޭޑަބަލް ކޮތަޅު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ބަޔޯޑީގްރޭޑަބަލް ކޮތަޅު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

            މިކައުންސިލުން ހިންގާ މިރަށުގެ ވޭސްޓްމެނޭޖްމަންޓް ސެންޓަރއަށް ބޭނުންވާ ބަޔޯޑިގްރޭޑަބަލް ކޮތަޅު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)334/334/2023/17  (31/01/2023)  ޢިއުލާނަށް 2 ފަރާތުން ބިޑް ހުށައަޅުއްވާފައިވީނަމަވެސް ބިޑް ކެޑުމުގެ ޕްރޮސެސްގައި އިދާރީ މައްސަލަތަކެއް ހުރުމުގެ ސަބަބުން އެޢިއުލާން ބާތިލްކޮށް ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 05 އޭޕްރިލް 2023 ވާ ބުދަ ދުވަހުގެ މެންދުރު 12:15 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް  [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ރަމަޟާން 1444

26  މާރިޗް  2023

 

26 މާރިޗު 2023
ހޯދާ