ދިވެހިރާއްޖެ
1444ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26 މާރޗް 2023 (4 ރަމަޟާން 1444) ވާ އާދިއްތަ ދުވަހުން ފެށިގެން 18 އޭޕްރީލް 2023 (27 ރަމަޟާން 1444) ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:15 އިން 12:30 އަށެވެ. ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯގެ ގޮވާމުގެ އަގެވެ.
ތަފްސީލް (އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ ރޭޓްތައް):
ބާވަތް |
އަގު |
އާދައިގެ ހަނޑުލުން ނަމަ މީހަކަށް |
12.00 (ބާރަ) ރުފިޔާ |
ތައިލެންޑް ހުދު ހަނޑުލުން ނަމަ މީހަކަށް |
84.00 (އަށްޑިހަ ހަތަރު) ރުފިޔާ |
ރަތް ހަނޑުލުން ނަމަ މީހަކަށް |
99.00 (ނުވަދިހަ ނުވަ) ރުފިޔާ |
ބާސްމަތީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް |
84.00 (އަށްޑިހަ ހަތަރު) ރުފިޔާ |
ބާސްމަތީ މޮޅު ހަނޑުލުން ނަމަ މީހަކަށް |
100.00 (ސަތޭކަ) ރުފިޔާ |
ބާސްމަތީ އެންމެ މޮޅު ހަނޑުލުން ނަމަ މީހަކަށް |
125.00 (ސަތޭކަ ފަންސަވީސް) ރުފިޔާ |
އާދައިގެ ފުށުން ނަމަ މީހަކަށް |
12.00 (ބާރަ) ރުފިޔާ |
އާޓާ ފުށުން ނަމަ މީހަކަށް |
75.00 (ހަތްދިހަ ފަސް) ރުފިޔާ |
މިއަހަރުގެ ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށެވެ. އޮންލައިންކޮށް ޒަކާތުގެ ފައިސާ ޓްރާންސްފާރ ކުރައްވާނީ މިކައުންސިލްގެ ތިރީގައިވާ އެކައުންޓަށެވެ. ފައިސާ ޓްރާންސްފާރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރެއްވުން އެދެމެވެ. ސްލިޕް ފޮނުވާއިރު ރިމާކްސްގައި ޒަކާތް ފޮނުވި ފަރާތުގެ ގޭގެ ނަން، މީހުންގެ އަދަދު، އަދި ފައިސާ ދެއްކެވި ރޭޓް (ބާވަތް) ވެސް ލިޔުއްވަންވާނެއެވެ.
އެކައުންޓް ނަން: 1424 Kharadhu 2
އެކައުންޓް ނަންބަރު: 7723700423004
ވައިބަރ ނަންބަރ: 9634133