އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26 މާރޗް 2023 (4 ރަމަޟާން 1444) ވާ އާދިއްތަ ދުވަހުން ފެށިގެން 18 އޭޕްރީލް 2023 (27 ރަމަޟާން 1444) ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:00 އަށެވެ. 1444 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުންނެވެ.

ތަފްޞީލް: (އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ ރޭޓްތައް ތިރީގައި މިވަނީއެވެ.)

#

ބާވަތް

ފައިސާގެ ޢަދަދު (މީހަކަށް)

1

އާދައިގެ ހަނޑޫ

12.00 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

84.00  ރުފިޔާ

3

އާދައިގެ ބާސްމަތީ ހަނޑޫ

84.00 ރުފިޔާ

4

މޮޅު ބާސްމަތީ ހަނޑޫ

100.00 ރުފިޔާ

5

އެންމެ މޮޅު ބާސްމަތީ ހަނޑޫ

125.00 ރުފިޔާ

6

ރަތް ހަނޑޫ

99.00 ރުފިޔާ

7

އާދައިގެ ފުށް

12.00 ރުފިޔާ

8

އާޓާ ފުށް

75.00 ރުފިޔާ

އޮންލައިންކޮށް ޒަކާތުގެ ފައިސާ ދައްކަވާ ފަރާތްތަކުން ފައިސާ ޓްރާންސްފާރ ކުރައްވާނީ މިކައުންސިލްގެ ތިރީގައިވާ އެކައުންޓަށެވެ. ފައިސާ ޓްރާންސްފާރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރެއްވުން އެދެމެވެ. ސްލިޕް ފޮނުވާއިރު ޒަކާތް ފޮނުވި ފަރާތުގެ ގޭގެ ނަން، މީހުންގެ އަދަދު، އަދި ފައިސާ ދެއްކެވި ރޭޓް (ބާވަތް) ވެސް ލިޔުއްވަންވާނެއެވެ.

އެކައުންޓް ނަން

1397 ރެވެނިޔު 1

އެކައުންޓް ނަންބަރ

 7722700488001

ވައިބަރ ނަންބަރ

7366888

26 މާރިޗު 2023
ހޯދާ