ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

 1444ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭގޮތުން މިކައުންސިލްގެ ނަންބަރ (IUL)416-CAA/416/2023/33  (22 މާރިޗް 2023) އިޢުލާނުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ނަޤުދު ފައިސާއިންކަމުގައި ބަޔާންކުރެވިފައިވީނަމަވެސް، އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފިޠުރުޒަކާތްދެއްކުމަށް ގިނަ ފަރާތްތަކުން އެދިފައިވާތީ އެފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.     

 އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފިޠުރުޒަކާތް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން  މިކައުންސިލްގެ ނަންބަރ 7710700379004 (1467-ޚަރަދު-02) އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށާއި އަދި ކޮންމެ ބާވަތަކަށް ވަކިން ޓްރާންސްފަރ ކުރުމުގައި ޢަދަދު ރަނގަޅަށް ޗެކްކޮށް، ޓްރާންސްފަރ ސްލިޕްގެ ރިމާރކްސްގެ ގޮތުގައި ދައްކާ ފައިސާގެ ތަފްޞީލް ޖައްސަވައި ( ޒަކާތް ދެއްކި ގޭގެނަން، މީހުންގެ ޢަދަދު، ޒަކާތް ދެއްކި ބާވަތް، އަދި ދެއްކި ފަރާތުގެ ނަން) ރިސިޕްޓް ސޭވް ކޮށް 9731213 ނަންބަރަށް  ވައިބަރ މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. މިގޮތުން ލިބޭ ކޮންމެ ރިސިޕްޓް އަކަށް މިކައުންސިލުން ފައިސާ ބަލައިގެންދޭ ރަސީދެއް ހަދައި އެރަސީދުގެ ކޮޕީ ރިސިޕްޓް ފޮނުވި ނަންބަރަށް ވައިބަރ މެދުވެރިކޮށް ފޮނުވޭނެއެވެ.  މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 04 ރަމަޟާން 1444 (26 މާރިޗު 2023) ވާ އާދީއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 (18 އޭޕްރީލް 2023) ވާ އަންގާރަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 09:30 އިން މެންދުރު 12:00 އާއި ހަމައަށް މިކައުންސިލްގައި އޮންނާނެއެވެ. މިއަހަރުވެސް ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމެއްގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.

ފިޠުރު ޒަކާތަށް މީހަކަށް ދައްކަންޖެހޭ ޢަދަދު ތިރީގައި މިވަނީ :

  • އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ    :            12.00ރ
  • ތައިލެންޑް ހުދު ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ:          84.00ރ
  • ރަތް ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ:                  99.00ރ
  • ބާސްމަތީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ         84.00ރ
  • ބާސްމަތީ މޮޅު ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ:           100.00ރ
  • ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ މީހަކަށް ދައްކަންވާނީ         125.00ރ
  • އާދައިގެ ގޮދަންފުށުން ނަމަ މީހަކަށް ދައްކަންވާނީ:              12.00ރ
  • އާޓާ ފުށުންނަމަ މީހަކަށް ދައްކަންވާނީ:                      75.00ރ

ފިޠުރު ޒަކާތް ދެއްކެވުމަށް ވަޑައިގަންނަވާއިރު އެގެއަކުން ފައިސާދައްކަންޖެހޭ މީހުންނަށް ޢަދަދު ހަމަކޮށްގެން ފައިސާ ގެންނެވުމަށް ހަދުމަފުޅުކޮށް އަރުވަމެވެ.

          މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

26 މާރިޗު 2023
ހޯދާ