ދިވެހިރާއްޖެ
1444 ވަނަ އަހަރު ރަމަޟާން މަހުގެ ފިޠުރުޒަކާތް ބަލއިގަތުމަށް ހަމަޖެހިފައިވަނީ 04 ރަމަޟާން 1444 (26 މާރިޗު 2023) އިން 27 ރަމަޟާން 1444 (18 އޭޕްރީލް 2023) ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 ން 12:30 އަށް ކައުންސިލްގެ އިދާރާގެއެވެ. ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގެ މިންވަރެވެ. ފިޠުރުޒަކާތުގެ ގޮތުގައިނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެގޮތުން ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯގެ އަގެވެ. ނުވަތަ 2.4 ކިލޯއެވެ. ފިޠުރުޒަކާތް ނެރޭނީ، ގޮވާމުގެ ބާވަތްތަކުގެ ރޭޓުތަކުގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ޢާންމުކޮށްފައިވާ ރޭޓުތަކުންނެވެ.
ފިޠުރުޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު ތިރީގައި މިވަނީ:
|
ބާވަތް |
ފައިސާގެ ޢަދަދު |
1 |
އާދައިގެހަނޑޫ |
12 ރުފިޔާ |
2 |
ތައިލެންޑް ހުދު ހަނޑޫ |
84 ރުފިޔާ |
3 |
ރަތް ހަނޑޫ |
99 ރުފިޔާ |
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
84 ރުފިޔާ |
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
100 ރުފިޔާ |
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
125 ރުފިޔާ |
7 |
އާދައިގެ ފުށް |
12 ރުފިޔާ |
8 |
އާޓާ ފުށް |
75 ރުފިޔާ |
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.