ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއިގުޅޭ

އިޢުލާން

1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއިގުޅޭ

        ހއ. ކެލާގައި 1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 04 ރަމަޟާން 1444 (26 މާރޗް 2023) ވަނަ ދުވަހުންފެށިގެން 27 ރަމަޟާން 1444 (18 އޭޕްރީލް 2023 ) ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އޮންލައިންކޮށް އިންޓަނެޓް ބޭންކިންގ މެދުވެރިކޮށެވެ.

އެކައުންޓްގެ ނަން

އެކައުންޓް ނަންބަރ

ކެލާ ކައުންސިލްގެ އިދާރާ ޚަރަދު 2

7714700528004

 

         އޮންލައިންކޮށް އެކައުންޓައް ފައިސާ ޓްރާންސްފަރ ކުރާއިރު، ގޭގެއެޑްރެސް، ޒަކާތް ދައްކާ މީހުންގެ އަދަދު އަދި ގޮވާމުގެ ބާވަތް ޓްރާންސްފަރ ސްލިޕްގެ ރިމާކްސްގައި ޖެއްސެވުންއެދެމެވެ. އަދި ސްލިޕް މިއިދާރާގެ ވައިބަރ ނަންބަރު 9650027 އަށް ވައިބަރ ކުރެއްވުމަށްވެސް ދަންނަވަމެވެ. ފިޠުރު ޒަކާތުގެގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯގެ ގޮވާމުގެ އަގެވެ.

 

1444 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

#

ގޮވާމުގެ ބާވަތް

ބޮލަކައްޖެހޭ ފައިސާގެ އަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

84 ރުފިޔާ

3

ރަތް ހަނޑޫ

99 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

84 ރުފިޔާ

5

ބާސްމަތީނ ހަނޑޫ (މޮޅު)

100 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

125 ރުފިޔާ

7

އާދައިގެ ފުށް

12 ރުފިޔާ

8

އާޓާ ފުށް

75 ރުފިޔާ

 

         ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

22 މާރިޗު 2023
ހޯދާ