ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް

މިއެސޯސިއޭޝަންގެ ނަންބަރު: FAM/IUL/2014/026 އިޢުލާނާ ގުޅިގެން، މިއެސޯސިއޭޝަންގެ ބެލުމުގެ ދަށުގައިވާ 2 ޓާރފްދަނޑުގައި ހިމެނޭ ގުދަންތަކާއި، ފާޚާނާތަކާއި، މިއެސޯސިއޭޝަންގެ ލޭބަރުން ތިބޭ ކޮޓަރިއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް، އެމަސައްކަތް ކޮށްދިނުމަށް އަގު ހުށަހަޅާފައިވާ ފަރާތްތައް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިއެސޯސިއޭޝަންގެ ބެލުމުގެ ދަށުގައިވާ 2 ޓާރފްދަނޑުގައި ހިމެނޭ ގުދަންތަކާއި، ފާޚާނާތަކާއި، މިއެސޯސިއޭޝަންގެ ލޭބަރުން ތިބޭ ކޮޓަރިއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މިއެސޯސިއޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއެސޯސިއޭޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

04 ޖަނަވަރީ 2015
ހޯދާ