ދިވެހިރާއްޖެ
`
މުރައިދޫ ސްކޫލް
ހއ މުރައިދޫ، ދިވެހިރާއްޖެ
ނަންބަރު: (IUL)GS83/2023/01
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
1 ކޮންޓެކްޓް އުސޫލުން 01 މެއި 2023 އިން 30 އޭޕްރީލް 2024 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުއްވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
2 މިބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 މާރިޗު 2023 އިން 30 މާރިޗު 2023 ގެ ނިޔަލަށް މުރައިދޫ ސްކޫލް އޮފީހަށް ދުރުވެ ނަން ނޯޓް ކުރުމަށް ދަންނަވަމެވެ.
3 މިމަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 02 އޭޕްރީލް 2023 ވަނަ ދުވަހު 11:00 ގައި މުރައިދޫ ސްކޫލުގައެވެ.
4 މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
5 މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަށް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބީލަށް ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
6 ބިޑް ހުޅުވުން އޮންނާނީ 05 އެޕްރީލް2023 ވަނަދުވަހު 11:00 ގައި މުރައިދޫ ސްކޫލުގައެވެ.
7 އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.
ހއ މުރައިދޫ ސްކޫލް
މުރައިދޫ، ދިވެހިރާއްޖެ
ފޯން: 6500537
އީ-މެއިލް: [email protected]
26 މާރިޗް 2023