ދިވެހިރާއްޖެ
އިޢުލާން
1444 ފިޠުރު ޒަކާތް ބަލައި ގަތުމާއި ބެހޭ:
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވަނީ 04 ރަމަޟާން 1444 ( 26 މާރިޗް 2023 ) އިން ފެށިގެން 27 ރަމަޟާން 1444 ( 18 އޭޕްރިލް 2023 ) ވަނަ ދުވަހުގެ ނިޔަލަށެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން އާއްމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުންނެވެ . ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ އަގަށްވާ ފައިސާ އިންނެވެ.
އޮންލައިންކޮށް ފައިސާ ދެއްކެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ އެކައުންޓަށް ފައިސާ ޓްރާންސްފާރ ކުރެއްވުމަށްފަހު ޓްރާންސްފާރކުރި ސްލިޕް ފޮނުއްވައި ދެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރައްވާ އިރު ( ޒަކާތް ދެއްކި ގޭގެ ނަން ، މީހުންގެ އަދަދު ، ދެއްކިބާވަތް އަދި ދެއްކި ފަރާތުގެ ނަން ) އެނގޭ ގޮތައް ތަފްޞީލް ލިޔުއްވަން ވާނެއެވެ.
އެކައުންޓް ނަމްބަރު : 156 000135 7730
އެކައުންޓް ނަން : 1430 REVENUE 01
ވައިބަރ ނަމްބަރު : 9781899
ބާވަތް |
ރޭޓް ( މީހަކަށް ދައްކަންޖެހޭވަރު ) |
އާދައިގެ ހަނޑޫ |
12 ( ބާރަ ރުފިޔާ ) |
ތައިލެންޑް ހުދު ހަނޑޫ |
84 ( އައްޑިހަ ހަތަރު ރުފިޔާ ) |
ރަތް ހަނޑޫ |
99 ( ނުވަދިހަ ނުވަރުފިޔާ ) |
ބާސްމަތީ ހަނޑޫ ( އާދައިގެ ) |
84 ( އައްޑިހަ ހަތަރު ރުފިޔާ ) |
ބާސްމަތީ ހަނޑޫ ( މޮޅު ) |
100 ( ސަތޭކަ ރުފިޔާ ) |
ބާސްމަތީ ހަނޑޫ ( އެންމެ މޮޅު ) |
125 ( ސަތޭކަ ފަންސަވީސްރުފިޔާ ) |
އާދައިގެ ފުއް |
12 ( ބާރަ ރުފިޔާ ) |
އާޓާ ފުއް |
75 ( ހަތްދިހަ ފަސްރުފިޔާ ) |