މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނައަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާބެހޭ

1444 ވަނައަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާބެހޭ

          މިއަހަރުގެ ފިޠުރުޒާކާތް ބަލައިގަތުން 01 ރަމަޟާން 1444 ވަނަ ދުވަހުން ފެށިގެން 28 ރަމަޟާން 1444 ވަނަ ދުވަހުގެ ނިޔަލަށް މިކައުންސިލުން ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފިޠުރު ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ނަގުދު ފައިސާއިންނެވެ. ފިޠުރު ޒަކާތް ދައްކަވަން ވަޑައިގަންނަވާ އިރު ދައްކަވަން ބޭނުންފުޅުވާ ޢަދަދަށް ފައިސާ ގެންނެވުމަށްވެސް ދަންނަވަމެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާއްމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ މިންވަރެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ހަމަޖައްސަވާފައިވާ އަގުތައް ތިރީގައި މިދަންނަވަނީއެވެ.

1444 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތަފްޞީލް

ރުފިޔާ

ޒަކާތް ދައްކަންޖެހޭ ބާވަތް

#

12.00

އާދައިގެ ހަނޑޫ

1

84.00

ތައިލެންޑް ހުދު ހަނޑޫ

2

99.00

ރަތް ހަނޑޫ

3

84.00

ބާސްމަތީ ހަނޑޫ (އާދައިގެ)

4

100.00

ބާސްމަތީ ހަނޑޫ (މޮޅޫ)

5

125.00

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

6

75.00

އާޓާފުށް

7

12.00

އާދައިގެ ފުށް

8

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

04  ރަމަޟާން 1444

26 މާރިޗު 2023
ހޯދާ