ދިވެހިރާއްޖެ
އިޢުލާން
ގދ ތިނަދޫއަށް ބޭނުންވާ މަގު ބައްތި ހޮޅިދަނޑި (ޑަބަލް އާރމް) އަދި ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
ގދ ތިނަދޫއަށް ބޭނުންވާ މަގު ބައްތި ހޮޅިދަނށި (ޑަބަލް އާރމް) އަދި ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 28 މާރޗް 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 އޭޕްރިލް ވާ ބުދަ ދުވަހުގެ 13:15 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 30 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ 09:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6841019 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ރެޖިސްޓްރޭޝަން |
22 މާރޗް 2023 – 28 މާރޗް 2023 |
|
|
ގދ.ތިނަދޫ ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުން |
05 އޭޕްރިލް 2023 |
ބުދަ |
13:15 |
ގދ.ތިނަދޫ ކައުންސިލް އިދާރާ |