ދިވެހިރާއްޖެ
މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 04 ރަމަޟާން 1444(26 މާރިޗު 2023)އާދީއްތަ ދުވަހުންފެށިގެން 28 ރަމަޟާން 1444 (19 އޭޕްރީލް 2023) ބުދަ ދުވަހުގެ ނިއަލަށް، ސަރުކާރު ބަންދު ނޫން ކޮންމެދުވަހެއްގެ ހެނދުނު 10.00އިން މެންދުރު 12.00އަށް، މިއިދާރާގެ ކައުންޓަރުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި އިންޓަރނެޓް ބޭންކް މެދު ވެރިކޮށް ޓްރާންސްފަރ ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފިޠުރު ޒަކާތް ޓްރާންސްފަރ ކުރައްވަނީ މިއިދާރާގެ 1371 ޚަރަދު އެކައުންޓް 02، 004-700333-7705 އެކައުންޓަށެވެ. މިނޫން އެހެން އެކައުންޓްތަކަށް ޓްރާންސް ކުރާ ފައިސާ ބަލާނީ މިއިދާރާއަށް ލިބޭ އިތުރު ފައިސާގެ ގޮތުގައެވެ. އަދި ފިޠުރު ޒަކާތުގެ ފައިސާ ޓްރާންސްފަރ ކުރެއްވުމަށް ފަހު ސްލިޕްތައް ވައިބާ ކުރައްވާނީ 7949730 ފޯނަށެވެ.
|
ބާވަތް |
އަގު |
|
އާދައިގެ ހަނޑުލުންނަމަ މީހަކަށް |
12.00(ބާރަ) ރުފިޔާ |
|
ތައިލެންޑް ހުދު ހަނޑުލުންނަމަ މީހަކަށް |
84.00(އަށްޑިހަ ހަތަރު) ރުފިޔާ |
|
ރަތް ހަނޑުލުންނަމަ މީހަކަށް |
99.00(ނުވަދިހަ ނުވަ) ރުފިޔާ |
|
ބާސްމަތީ އާދައިގެ ހަނޑުލުންނަމަ މީހަކަށް |
84.00(އަށްޑިހަ ހަތަރު) ރުފިޔާ |
|
ބާސްމަތީ މޮޅު ހަނޑުލުންނަމަ މީހަކަށް |
100.00(އެއްސަތޭކަ) ރުފިޔާ |
|
ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ މީހަކަށް |
125.00(އެއްސަތޭކަ ފަންސަވީސް) ރުފިޔާ |
|
އާދައިގެ ފުށުންނަމަ މީހަކަށް |
12.00(ބާރަ) ރުފިޔާ |
|
އާޓާ ފުށުންނަމަ މީހަކަށް |
75.00(ހަތްދިހަފަސް) ރުފިޔާ |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
