ދިވެހިރާއްޖެ
1444 ވަނައަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާބެހޭ
މިއަހަރުގެ ފިޠުރުޒާކާތް ބަލައިގަތުން 01 ރަމަޟާން 1444 ވަނަ ދުވަހުން ފެށިގެން 28 ރަމަޟާން 1444 ވަނަ ދުވަހުގެ ނިޔަލަށް މިކައުންސިލުން ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފިޠުރު ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ނަގުދު ފައިސާއިންނެވެ. ފިޠުރު ޒަކާތް ދައްކަަވަން ވަޑައިގަންނަވާ އިރު ދައްކަވަން ބޭނުންފުޅުވާ ޢަދަދަށް ފައިސާ ގެންނެވުމަށްވެސް ދަންނަވަމެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާއްމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ މިންވަރެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. މިއަހަރުގެ ފިޠުރު ޒަކާތް ބަަލައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ހަމަޖައްސަވާފައިވާ އަގުތައް ތިރީގައި މިދަންނަވަނީއެވެ.
1444 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތަފްޞީލް
ރުފިޔާ |
ޒަކާތް ދައްކަންޖެހޭ ބާވަތް |
# |
12.00 |
އާދައިގެ ހަނޑޫ |
1 |
84.00 |
ތައިލެންޑް ހުދު ހަނޑޫ |
2 |
99.00 |
ރަތް ހަނޑޫ |
3 |
84.00 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
4 |
100.00 |
ބާސްމަތީ ހަނޑޫ (މޮޅޫ) |
5 |
125.00 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
6 |
75.00 |
އާޓާފުށް |
7 |
12.00 |
އާދައިގެ ފުށް |
8 |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.