ދިވެހިރާއްޖެ
އިޢުލާން
ބެޑްމިންޓަން އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެންބަރުންނަށް 23 މާރިޗް 2023 އިން ފެށިގެން 22 އޭޕްރީލް 2023 އަށް އެކުވެނި އިންޑޯހޯލް ޝެޑިއުލްކޮށްގެން ބޭނުންކުރުމުގެ ގަޑިތައް.
05:30-07:15 ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން
07:15-09:00 ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން
14:15-15:50 ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން
20:30-22:15 ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން (6 ކޯޓު)
22:15-00:00 ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން
00:00-01:45 ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން
ކޯޓް ޝެޑިއުލް ކުރުމަށް ބޭނުންވާނެ މަޢުލޫމާތު:
- އަމިއްލަ މެމްބަރުން ޝެޑިއުލް ކުރަން އެދޭއިރު މަދުވެގެން 6(ހައެއް) ގިނަވެގެން 8(އަށެއް) މެމްބަރުންގެ، މަޢުލޫމާތު ހިމަނަންވާނެއެވެ.
- ކުޅުންތެރިންގެ ފުރިހަމަނަން،
- ކްލަބް ނަން / ކުޅުންތެރިން މެމްބަޝިޕް ނަމްބަރު (2023 ވަނަ އަހަރުގެ ހިނގަމުންދާ ޓާރމް އަށް ފީދައްކާފައިވާ).
- ކޯޓް ޝެޑިއުލް ކުރަންބޭނުންވާ ގަޑި.
- ކޮންމެ އަމިއްލަ މެމްބަރަކަށް ވެސް ކޯޓް ޝެޑިއުލްކޮށް ބެޭނުން ކުރެވޭނީ ދުވާލަކު އެއްގަޑިއެއްގައެވެ އެވެ.
- ކޯޓު ދޫކުރުމުގައި އެއް ދުވަހު ނުލިބެޭ ފަރާތްތަކަށް ޖެހިގެން އަންނަ ދުވަހު ޝެޑިއުލް ކުރުމުގައި އިސްކަން ދެވޭނެއެވެ.
- ކުލަބް/ޖަމިއްޔާ ތަކަށް ޝެޑިއުލްކުރުމަށް ރިކުއެސްޓު ކުރުމުން ކުލަބް/ޖަމިއްޔާގެ މެމްބަރުންގެ ޢަދަދަށް ބަލައި ކޯޓު ޝެޑިއުލް ކުރެވޭނެއެވެ.
- ކޮންމެ ކުލަބް/ޖަމިއްޔާކަށް ކޯޓް ޝެޑިއުލްކޮށް ކޯޓް ބެޭނުން ކުރެވޭނީ ލިބެން ހުރިމިންވަރަށް ބެލުމަށްފަހު ދުވާލަކު 2 ކޯޓެވެ.
- ކޯޓު ދޫކުރުމުގައި އެއް ދުވަހު ނުލިބެޭ ކުލަބްއަށް ޖެހިގެން އަންނަ ދުވަހު ޝެޑިއުލް ކުރުމުގައި އިސްކަން ދެވޭނެއެވެ.
- ކުލަބް/ޖަމިއްޔާ ޝެޑިއުލް ކުރަން އެދޭއިރު މެމްބަރުންގެ ލިސްޓް ގައި ހިމަނަންވާނީ އެ ކްލަބްއެއްގައި ރަޖިސްޓަރ ކުރެވިފައިވާ މެމްބަރުންނެވެ.
ކޯޓް ޝެޑިއުލްކުރުމަށް 9924444 އަށް ވައިބަރ ކުރެއްވުން އެދެމެވެ.
(އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3314057 އަށެވެ.)
ނޯޓް: ކޮންމެ ދުވަހެއްގެ ހެންދުނު 9:00 އާއި މެންދުރުފަހު 12:00 އާ ދެމެދު ވައިބަރ މެދުވެރިކޮށް ފޮނުވާފައިވާ ރިކުއެސްޓްތަކަށް ބަލައި، ޖެހިގެން އަންނަ ދުވަހުގެ ކޯޓް ޝެޑިއުލް ތައްޔާރުކޮށް އެފަރާތަކަށް ޙިއްސާ ުކުރާނެކަމުގައި ދަންނަވަމެވެ.
21 މާރިޗް 2023