ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓެކްނިކަލް އެޙީތެރިކަން ފޯރުކޮށްދިނުމަށް.
ނަންބަރ: (IUL)258/258/2023/59
އިޢުލާން
ޓެކްނިކަލް އެޙީތެރިކަން ފޯރުކޮށްދިނުމަށް.
ހަނިމާދޫ ކައުންސިލުން ދޭމަޢުލޫމާތާއި އެއްގޮތަށް މިދަންނަވާ ކަންކަން 36 މަސް ދުވަހުގެ މުއްދަތަކަށް ބަލަހައްޓަވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2023 މާރިޗް 27 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2023 އޭޕްރީލް 6 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
- ކައުންސިލާއި ކައުންސިލުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ސާވާރ ސިސްޓަމް ބެލެހެއްޓުން.
- ކައުންސިލާއި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ކޮމްޕިއުޓަރތައް ބެލެހެއްޓުން.
- ކައުންސިލްގެ ވެބްސައިޓާ އިންޓަރނެޓަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
މަޢުލޫމާތު ސާފުކުރަން ވަޑައި ނުގަންނަވާ ފަރާތްތަކާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމަށް ހަމަޖެހިފައި ނުވާކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 شعبان 1444
22 މާރިޗް 2023
22 މާރިޗު 2023
ހޯދާ