ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

އިޢްލާން

ވަޒީފާގެ ފުރުޞަތު

ލީގަލް އޮފިސަރަކު ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު IUL)231-AH/231/2014/63 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާތިލުކުރުމަށްފަހު، އެ މަޤާމަށް ކުރިމަތިލުމަށް އަލުން އިޢުލާނުކުރީމެވެ.

މަޤާމް:

ލީގަލް އޮފިސަރ                        ރޭންކް:    CS9-2

ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް                  

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ބޭނުންވާ އަދަދު: 1   

ސެކްޝަން/ޔުނިޓް:

ކޯޕަރޭޓް އެފެއާޒް/ އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން

މުސާރަ:

މަހަކު -/10،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/5640 ރުފިޔާ

އެހެނިހެން އެލަވަންސާއި ޢިނާޔަތްތައް:

- ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35

- ބަންދު ދުވަހެއްގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު:

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1. އަތޮޅު ކައުންސިލުން ބަލަންޖެހޭ މައްސަލަތަކުގައި ޤާނޫނީ ލަފާދިނުމާއި، އަތޮޅު ކައުންސިލުގެ ފަރާތުން ކުރަންޖެހޭ ތަޙްޤީޤުތައް ކުރުމާއި. އަތޮޅު ކައުންސިލްގެ ފަރާތުން ކުރަންޖެހޭ ދަޢުވާކުރުމާއި، ދަޢުވާ ބަލައިގަތުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކޯޓަށް ހާޒިރުވާންޖެހޭ މައްސަލަތަކުގައި ކޯޓަށް ހާޒިރުވުން.

2. ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، އެނޫންވެސް ޤާނޫނެއް ނުވަތަ ޤަވާޢިދަކާ ބެހޭގޮތުން ފާދިއްޕޮޅު އަތޮޅު ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.

3. އަތޮޅު ކައުންސިލަށާއި ރަށު ކައުންސިލްތަކަށް ޤާނޫނީ ލަފާދިނުން.

4. މި އަތޮޅުގެ ރަށު ކައުންސިލްތަކުގެ މައްޗަށް ކުރެވޭ ރަށު ކައުންސިލްތަކުން ކުރާ ދަޢުވާތަކާ ގުޅިގެން ކޯޓަށް ހާޒިރުވުމާއި، ރަށު ކައުންސިލްތަކުން ބޭނުންވެއްޖެ ހިނދެއްގައި ޤާނޫނީ ލަފާދިނުން.

5. އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އިދާރާގެ މުވައްޒަފުން، ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.

6. އަލަށް ގެޒެޓްކުރެވޭ ޤާނޫނުތަކަށާއި ފާސްކޮށްފައިވާ ޤާނޫނުތަކަށް ގެނެވޭ އިޞްލާޙުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުން.

އެޕްލިކޭޝަން  ފޮނުވަންވީ ތާރީޚާއި ތަން

2015 ޖަނަވަރީ 8 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން  ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.,mv  ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ ވަޒީފާއަކަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. އެޕްލައިކުރާ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާގައި މަސައްކަތްކުރަމުން ގެންދާނަމަ ނުވަތަ މީގެ ކުރިން އެފަދަ ވަޒީފާއެއްގައި /ވަޒީފާތަކުގައި މަސައްކަތްކޮށްފައިވާނަމަ، އެ ވަޒީފާގައި ނުވަތަ ވަޒީފާތަކުގައި ކޮށްފައިވާ މަސައްކަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
  7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް"  (ސިވިލް ސަރވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފަކުވެސް މި ފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. 

ވަޒީފާއަށް ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތައް:

- ޝަރުޢީ ދާއިރާއިންނާއި، ޤާނޫނީ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

- ދިވެހިބަހުންނާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށް ވުން.

- ގިނަވަގުތު މަސައްކަތުގައި އުޅޭ ފަރާތަކަށް ވުން.   

އިންޓަވިއުކުރާނެ ތާރީޚާއި، ތަން:

- އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.

- އިންޓަވިއު އޮންނާނީ ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި.

ނޯޓް

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބާޠިލްކުރެވޭނެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620331 ނުވަތަ 6620261 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6620043 އެވެ.

8 ރަބީޢުލްއައްވަލް 1436

30 ޑިސެންބަރު 2014
ހޯދާ