ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމު

 ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން   

ބޭނުންވާ އަދަދު

 01 ( އެކެއް)

މަޤާމް ގެ ގިންތި

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު

1 އަހަރާއި 11 މަސް

ޑިވިޝަން / ސެކްޝަން

އިންފޮރމޭޝަން ސިސްޓަމްސް  

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރައާއި ޢިނާޔަތްތައް:

މަހަކު 20,000/- ރުފިޔާ

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1- ޑިޕާރޓްމަންޓުގެ ސްޓްރަޓެޖިކް ޕްލޭން އެކުލަވާލުމުގައި ޑިޕާޓްމަންޓްގެ އިސްވެރިޔާއަށް އެހީތެރިވުން

2- ހޮސްޕިޓަލުގައި ހިންގާ އައިއެސް އާއި ގުޅުންހުރި ޕްރޮޖެކްޓްތައް ޑިޒައިންކޮށް ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރުން.

3- ޑިޕާރޓްމަންޓާއި ގުޅުންހުރި ސިސްޓަމްތަކުގެ ޕޮލިސީސްއާއި ޕްރޮސީޖާތައް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، އެކަންތައް އިމްޕްލިމެންޓްކުރުމުގެ މަސައްކަތް ހިންގުން.

4- ސިސްޓަމްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، ބެކަޕް ޕްލޭން އެކުލަވައިލާ އިމްޕްލިމެންޓްކުރުން.

5- ކޮމްޕިއުޓަރ ސިސްޓަމްތައް އޮޑިޓްކުރުން

6- ޑިޕާރޓްމަންޓްގެ އަހަރީ ބަޖެޓް އެކުލަވާލުން

7- ޑިޕާރޓްމަންޓުގެ ޕޮލިސީއާއި، ބެސްޓް ޕްރެކްޓިސް ގައިޑްސް ޑިވެލޮޕްކޮށް އިމްޕްލިމެންޓްކުރުމުގައި ޑިޕާޓްމަންޓްގެ އިސްވެރިޔާއަށް އެހީތެރިވުން.

8- މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންތަކާއި ވޯކްޝޮޕްތައް ޑިޒައިންކޮށް ހިންގުމުގައި ބައިވެރިވުން.

9- ނެޓްވޯކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ހިދުމަތް މެދުނުކެޑި ދެވޭނެ ގޮތްތައް ހޯދައި އެކަންތައް އިންތިޒާމްކުރުން.

10- ހޮސްޕިޓަލުގައި ބޭނުންކުރާ ސިސްޓަމްތަކުގެ ލައިސެންސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

11- ސިސްޓަމްތަކުގެ ޕާރފޯމަންސް ރިޕޯރޓް އެކުލަވައިލުން.

12- ހޮސްޕިޓަލުގައި ގަންނަންޖެހޭ އައިޓީއާއި ގުޅުންހުރި ތަކެތީގެ ޓެކްނިކަލް އެވެލުއޭޝަނާއި ކޮންސަލްޓެންސީ ރިޕޯރޓް ތައްޔާރުކުރުން.

13- ރާއްޖެއިން ބޭރުން ހޯދަންޖެހޭ މެޑިކަލް ސޮފްޓްވެއަރ ސިސްޓަމްތަކަށް ބޭނުންވާ ޓްރަބަލްޝޫޓިނާއި ސޮލިއުޝަން ހޯދައިދިނުމުގެ މަސައްކަތް ރާވާހިންގުން.

14- ސިސްޓަމްތައް ޓެސްޓުކޮށް ފަހުގެ ޓެކްނޮލޮޖީއާއި އެއްގޮތަށް އަޕްޑޭޓްކުރުން.

15- އިންފޮމޭޝަން ސިސްޓަމްގެ ގަވާއިދު ތައްޔާރުކޮށް، އެގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ހުރިހާ ކަމެއްކުރުން.

16- ކޮމްޕިއުޓަރ ބޭނުންކުރާ ފަރާތްތަކަށް، ބޭނުންވާ ތަމްރީން ދިނުމާއި ކޮމްޕިއުޓަރ އެކިއެކި އެއްޗެހި ބޭނުންކުރާނެ ރައްކާތެރި ފަސޭހަގޮތް ބުނެދިނުން.

17- ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުން ބަލައި ދިރާސާކޮށް ހޮސްޕިޓަލުގެ މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

18- އޮފިހުގެ ވެބްސައިޓް ޑިވެލޮޕް ކުރުމާއި ވެބްސައިޓް އަޕްޑޭޓް ކުރުން ނުވަތަ އަޕްޑޭޓް ކުރުމުގެ ޕްރޮސީޖަރތައް ހަދާ އިމްޕްލިމެންޓް ކުރުން.

19- ޑޮކިއުމަންޓް އަދި ޑިޕާޓްމަންޓްތަކަށް ދޭންވާ އެކްސެސްތަކުގެ ކަންތައްތައް ބަލަހައްޓާ ޑޮކިއުމަންޓް މެނޭޖް ކުރާނެ ސިސްޓަމެއް ގާއިމް ކުރުން.

20- ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ހިންގާ ނުހިނގާގޮތް ބަލާ، ސުޕަވައިޒްކޮށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން

21- ހޮސްޕިޓަލުގެ ކޮމްޕިއުޓަރ ނެޓްވާކް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ކޮމްޕިއުޓަރތަކުގައި ޖެހޭ މައްސަލަތައް ހައްލުކުރުން.

22- ހޮސްޕިޓަލުގެ ކޮމްޕިއުޓަރތަކަށް އިންޓރަނެޓް ކަނެކްޓިވިޓީގެ އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ، އެމައްސަލައެއް ހައްލުކުރުމާއި ހޮސްޕިޓަލުގެ ކޮމްޕިއުޓަރތައް ފޯމެޓް ކުރަން ޖެހިއްޖެނަމަ ފޯމެޓް ކުރުމާއި، ސޮފްޓްވެއަރ އެޅުމާއި، ކޮމްޕިއުޓަރ ސެކިއުރިޓީއަށް ބޭނުންވާނޭ ސޮފްޓްވެއަރތައް ބެލެހެއްޓުން.

23- ހޮސްޕިޓަލުގެ ޕޮލިސީތަކާއި އެއްގޮތަށް މުވައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސް ދިނުން

24- ނެޓްވޯކް އިކުއިޕްމެންޓްސް ޓެސްޓް ކުރުމާއި، ނެޓްވޯކިންގައި ދިމާވާނޭ މައްސަލަތައް ހައްލުކޮށް އިތުރަށް ނެޓްވޯކް ރަނގަޅު ކުރެވޭނެ ގޮތްތައް ބަލައި ރަނގަޅު ކުރުން.

25- ފިންގަރޕްރިންޓް ސިސްޓަމަށް،ޑޯ ލޮކް ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން

26- ނެޓްވޯކް މަސައްކަތް ކުރުމަށް ބޭނުންވާ ޓޫލްސް ހަމަކޮށް ބެލެހެއްޓުމާއި އައި.ޓީ.އަށް ބޭނުންވާ ތަކެތި ޕްރޮކިޔުމެންޓާއި ގުޅިގެން ހޯދުން

27- މަރާމަތު ކުރަންޖެހޭ އެއްމެހައި އައިޓީއާއިގުޅޭ ތަކެތި މަރާމާތްކުރުން، އަދި އިންހައުސްކޮއް އެކަން ނުކެރެވޭ ހާލަތްތަކުގައި ޕްރޮކިޔޮމެންޓް އާއި ގުޅިގެން ބޭރުން މަރާމާތް ކުރުމާއި ސެކްޝަނުން ދޭންޖެހޭ ޚިދުމަތް ދިނުމަށް ބޭނުންވާ އައި.ސީ.ޓީ ސަޕޯޓް ދިނުން.

28- ހޮސްޕިޓަލަށް ބޭނުންވާ ސާރވާރ ހާރޑްވެއަރ އިންޓަރގްރޭޓް ކޮށް އިންސްޓޯލް ކުރުމާއި ބެލެހެއްޓުން

29- ހޮސްޕިޓަލުގެ ޕީ.ބީ.އެކްސް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، އައު ފޯނުތައްގުޅައިދިނުން

30- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުތު

1-  އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ޕްރޮފެޝަނަލް ޓެކްނިކަލް ސެޓްފިކެޓެއް ހާޞިލްކޮށްފައިވުމާއެކު،އައި.ޓީ ދާއިރާގައި 8 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  4. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  7. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  8. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  9. (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  10. (ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
  11. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އެޕްރީލް 02 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

22 މާރިޗު 2023
ހޯދާ