ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުވެރި

އިޢްލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

ފަޅުވެރި                             ރޭންކް:    އެސް.އެސް 2

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ބޭނުންވާ އަދަދު: 1   

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް/ އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ލޯންޗްޑް ރައިވަރުގެ އިރުޝާދުގެމަތިން ދަތުރުމަތީގައްޔާއި، ފަޅުގައި ލޯންޗް އޮންނައިރު ލޯންޗް ބެލެހެއްޓުމާއި، ދަތުރުކުރާއިރު ޑްރައިވަރަށް އެހީތެރިވުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

އެޕްލިކޭޝަން  ފޮނުވަންވީ ތާރީޚާއި ތަން:

2015 ޖަނަވަރީ 8 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.,mv  ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ ވަޒީފާއަކަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢްތިރާޒެއްނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. އެޕްލައިކުރާ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާގައި މަސައްކަތްކުރަމުން ގެންދާނަމަ ނުވަތަ މީގެ ކުރިން އެފަދަ ވަޒީފާއެއްގައި /ވަޒީފާތަކުގައި މަސައްކަތްކޮށްފައިވާނަމަ، އެ ވަޒީފާގައި/ވަޒީފާތަކުގައި ކޮށްފައިވާ މަސައްކަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
  7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި  މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް"  (ސިވިލް ސަރވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފަކުވެސް މި ފޯމް ހުށަނާޅާނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

ވަޒީފާއަށް ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތައް:

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

- ގިނަވަގުތު މަސައްކަތުގައި އުޅޭ ފަރާތަކަށް ވުން.        

އިންޓަރވިއު ކުރާނެ ތާރީޚާއި، ތަން

- އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.

- އިންޓަވިއު އޮންނާނީ ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައެވެ.

ނޯޓް

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބާޠިލުކުރެވޭނެއެވެ.

-  އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6620331 ނުވަތަ 6620261 ނަންބަރުގެ ފޯނާއެވެ. ފެކްސް ނަންބަރަކީ 6620043 އެވެ.

8 ރަބީޢުލްއައްވަލް 1436

30 ޑިސެންބަރު 2014
ހޯދާ