ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2023/20 |
ތާރީޚް |
30 ޝަޢުބާން 1444 |
|
22 މާރޗް 2023 |
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން
1444 ވަނަ އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26 މާރޗް 2023 ( 04 ރަމަޟާން 1443 ) ވާ އާދީއްތަ ދުވަހުން ފެށިގެން 19 އޭޕްރީލް 2023 ( 28 ރަމަޟާން 1443 ) ވާ ބުދަަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ ކައުންސިލްގެ ނަންބަރ 7710700440004 ( 1472 ޚަރަދު 2 ) އެކައުންޓަށް ފައިސާ ޖަމާކޮށް ތަފްޞީލް ލިޔުއްވުުމަށްފަހު 9106884 ނުވަތަ 7882128 ނަންބަރަށް ސްލިޕް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ. ފައިސާ ޖަމާކުރައްވާއިރު ރިމާކްސްގައި ފައިސާ ދައްކާ ގޭގެ ނަމާއި،މީހުންގެ ޢަދަދު ޖެއްސެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
1443 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.ޒަކާތް ނެރުއްވާނީ އެބަޔަކު އެއަހަރު ތެރޭގައި ޢާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތްތަކަށް ބަލައިގެންނެވެ.އެގޮތުން ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
# |
ބާވަތް |
ފައިސާގެ ޢަދަދު |
01 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
02 |
ތައިލެންޑް ހުދު ހަނޑޫ |
84 ރުފިޔާ |
03 |
ރަތް ހަނޑޫ |
99 ރުފިޔާ |
04 |
ބާސްމަތީ ހަނޑޫ ( އާދައިގެ ) |
84 ރުފިޔާ |
05 |
ބާސްމަތީ ހަނޑޫ ( މޮޅު ) |
100 ރުފިޔާ |
06 |
އާދައިގެ ފުށް |
12 ރުފިޔާ |
07 |
އާޓާ ފުށް |
75 ރުފިޔާ |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ޚާޝިރު މުޙައްމަދު
ކައުންސިލް ނާއިބް ރައީސް