ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444ވަނައަހަރުގެފިޠުރު ޒަކާތް ބަލައިގަތުމާގުޅޭ

           މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 4 ރަމަޟާން 1444  ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން1444 ވަނަ ދުވަހުގެ  ނިޔަލަށެވެ. ފިޠުރު ޒަކާތް ބަލައިގަންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9.30 ން 12.30 ހާއި ދެމެދު އޮންލައިންކޮށް ނާއި ، މި ކައުންސިލް އިދާރާއަށް ދުރުވެގެންނެވެ.

          ޒަކާތް ދައްކަވަން ދުރުވާއިރު ދައްކަވަން ޖެހޭ ޢަދަދަށް ފައިސާ މާރު ކުރައްވައިގެން ދުރުވުން އެދެމެވެ. ފިޠުރު ޒަކާތަށް ދައްކަވަންޖެހޭ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) 2.4 ކިލޯގެ މިންވަރުގެ އެއަދަދަށްވާ  ނަގުދު ފައިސާއެވެ.

1444ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

އާދައިގެ ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ:  -/12 ރުފިޔާ

ރަތްހަނޑުލުންނަމަ މީހަކަށް ދައްކަވާނީ :  -/99    ރުފިޔާ

ތައިލެންޑް ހުދުހަނޑުލުންނަމަ މީހަކަށް ދައްކަވާނީ : -/84 ރުފިޔާ

ބާސްމަތީ އާދައިގެ ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ:  -/84 ރުފިޔާ

ބާސްމަތީ މޮޅު ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ : -/100 ރުފިޔާ

ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ : -/125 ރުފިޔާ

އާޓާ ފުށުންނަމަ މީހަކަށް ދައްކަވާނީ:  -/75 ރުފިޔާ

އާދައިގެ ފުށުންނަމަ މީހަކަށް ދައްކަވާނީ:  -/12 ރުފިޔާ

         އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކަވާ ފަރާތްތަކުން ޒަކާތުގެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލް އިދާރާގެ ތިރީގައި މިވާ ބީ.އެމް.އެލް. އެކައުންޓަށް ކަމުގައި ދެންނެވީމެވެ.

އެކައުންޓް ނަމްބަރު:  7714 700430 004

އެކައުންޓް ނަން:  1294 KHARADHU 2

ފިޠުރުޒަކާތް ދެއްކިކަމުގެ ރަސީދު ޒަކާތް ދެއްކި ފަރާތަށް ދޫކުރަންޖެހޭތީ، އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކައުންޓަށް ފައިސާ ދައްކަވާ ފަރާތްތަކުން ފައިސާ ދައްކައިފައިވާ ގޭގެނަމާއި، މީހުންގެ ޢަދަދު، ރޭޓް އަދި ފައިސާ ދެއްކި ފަރާތުގެ ނަމާއި، ޒަކާތް ދެއްކެވީ ކޮންބާވަތަކުންކަން އެނގޭނެގޮތަށް ރިފަރެންސްގައި ލިޔުއްވުމަށްފަހު ސްލިޕް މި ކައުންސިލުގެ ނަންބަރު 7930016 އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މާރިޗު 2023
ހޯދާ