މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތް:

1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް، ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)13-K/13/2014/328) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 

މަސައްކަތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިއުރިޓީ  ދިވެހިރުފިޔާ

ޕްރީ-ބިޑް މީޓިންގ

ބިޑް ހުޅުވުން

އެން.ސީ.އާރ ގްރޭޑް

1

ނ. ފޮއްދޫ ބަނދަރު ހެދުން

TEB/2014/136

-/75,000

14 ޖަނަވަރީ 2015 11:00

22 ޖަނަވަރީ 2015

11:00

HC01 ގްރޭޑް 1 އަދި 2

2. 01 އެޕްރީލް 2014 އިން ފެށިގެން މިމިނިސްޓްރީން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ މަތީގައި ބަޔާންކޮށްފައިވާ ގްރޭޑްތަކަށް ކޮލިފައިވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.

3. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 05 ޖަނަވަރީ 2015 އިން 13 ޖަނަވަރީ 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މި މިނިސްޓްރީންނެވެ. ބީލަމުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފީއަކީ -/1500 (ފަނަރަސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

4. އަދި މިޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ޖަނަވަރީ 2015ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

5. މިޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން: 3349191

ފެކްސް: 3320706

އީމެއިލް:[email protected]

6. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

7. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމަށެވެ.

05 ޖަނަވަރީ 2015
ހޯދާ