ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫގެ މަގުތަކުގައި ހުއްދަ ނެގުމަކާނުލައި ބަހައްޓާފައި ހުރި ތަކެތި ނެގުމާ ގުޅޭ

އިޢުލާން

ތިނަދޫގެ މަގުތަކުގައި ހުއްދަ ނެގުމަކާނުލައި ބަހައްޓާފައި ހުރި ތަކެތި ނެގުމާ ގުޅޭ

ތިނަދޫގެ މަގުތަކާއި އާންމުތަންތަނަކީ ސާފުތާހިރު އަދި މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭ ތަންތަނަށް ހެދުމަށްޓަކައި މަގުތަކާއި އާންމުތަންތަނުގައި، މި އިދާރާގެ ހުއްދަ ހޯދުމަކާނުލައި ބަހައްޓާފައިވާ ތަކެއްޗާއި، މަގާއި ދުވާރު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވާގޮތަށް ހުރި،  ބައުވެ ހަލާކުވެފައިވާ ނުވަތަ ބޭނުން ނުކުރާތާ ގިނަ ދުވަސްވެފައިވާ އެއްގަމު އުޅަނދުތަކާއި އެނޫންވެސް ތަކެތި ނެގުމުގެ މަސައްކަތް މި އިދާރާއިން ދަނީ ކުރަމުންނެވެ.   

ވީމާ، މި އިދާރާގެ ހުއްދަހޯދުމަކާ ނުލައި އާންމުންނަށް އުނދަގޫވާގޮތަށް މަގުތަކާއި، ދުވާރު މަތީގައްޔާއި، އާންމުތަންތަނުގައި ބަހައްޓާފައި ހުރި ތަކެއްޗާއި، ބައުވެ ހަލާކުވެފައި ނުވަތަ ބޭނުން ނުކުރާތާ ގިނަ ދުވަސްވެފައިވާ އެއްގަމު އުޅަނދުތައް، 22 މާރިޗް 2023 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި ނެންގެވުން އެދެމެވެ. އަދި ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުނަންގަވައިފިނަމަ، ޤަވާއިދު ނަންބަރު: 2014/R-199 (ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު)ގެ ދަށުން އެއީ ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ކަމުގައި ކަނޑައަޅައި ބުނެވިދިޔަ ގަވާއިދުގެ 8 އަދި 9ވަނަ މާއްދާގެ ދަށުން އެތަކެއްޗާމެދު އަމަލުކުރާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

21 މާރިޗު 2023
ހޯދާ