ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މި މަސައްކަތާއި ގުޅޭގޮތުން ކުރެވުނު މިއިދާރާގެ ނަމަބްރ (IUL)416-ESMSPR/416/2023/22 (26 ފެބްރުއަރީ 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާފައިނުވާތީ އާއި، މަޢުލޫމާތަށް ބަދަލުގެނެވިފައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

އަންދާސީ ހިސާބު ބޭނުންވެއްޖެ

މަޑަވެލި ކައުންސިލްގެ އިދާރާއަށް ނޮވިލޯން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މިމަސައްކަތްކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން، 28 މާރިޗް 2023 ގެ 10:00 ގެ ކުރިން ތިރީގައިމިވާ ލިންކުން ވަދެ ފޯމް ފުރިހަމަކޮށް ހުށަހަޅައި ބިޑްގައި ރެޖިސްޓްރީވުމަށްފަހު، 06 އެޕްރިލް 2023 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މަޑަވެލި ކައުންސިލްގެ އިދާރާގެ މެއިލް: [email protected] އަށް 'އަގު ހުށަހަޅާ ފޯމު' އަދި ނޮވިލޯންގެ ފޮޓޯއާއި، ކުލައާއި އަދި ސްޕެސިފިކޭޝަންތައް މެއިލްކޮށް ދެއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓްރީވުމަށް: (https://forms.gle/YzypdxDpPoK5uozj6)

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި، މިއިދާރާގެ ހޮޓްލައިން 9356677 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 މާރިޗު 2023
ހޯދާ