ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 04 ރަމަޟާން 1444 (26 މާރިޗު 2023) ވާ އާދީއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 (18 އޭޕްރީލް 2023) ވާ އަންގާރަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 09:30 އިން މެންދުރު 12:00 އާއި ހަމައަށް މިކައުންސިލްގައި އޮންނާނެއެވެ. އަދި އޮންލައިންކޮށް ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިނުވާނެ ވާހަކަވެސް ދަންނަވަމެވެ. ނަމަވެސް އޮންލައިންކޮށް ފައިސާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީއިން ޒަކާތް ދެއްކުމަށް ހުޅުވާލާ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިއަހަރުވެސް ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމެއްގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.
ފިޠުރު ޒަކާތަށް މީހަކަށް ދައްކަންޖެހޭ ޢަދަދު ތިރީގައި މިވަނީ :
- އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ : 12.00ރ
- ތައިލެންޑް ހުދު ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ: 84.00ރ
- ރަތް ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ: 99.00ރ
- ބާސްމަތީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ 84.00ރ
- ބާސްމަތީ މޮޅު ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ: 100.00ރ
- ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ މީހަކަށް ދައްކަންވާނީ 125.00ރ
- އާދައިގެ ގޮދަންފުށުން ނަމަ މީހަކަށް ދައްކަންވާނީ: 12.00ރ
- އާޓާ ފުށުންނަމަ މީހަކަށް ދައްކަންވާނީ: 75.00ރ
ފިޠުރު ޒަކާތް ދެއްކެވުމަށް ވަޑައިގަންނަވާއިރު އެގެއަކުން ފައިސާދައްކަންޖެހޭ މީހުންނަށް ޢަދަދު ހަމަކޮށްގެން ފައިސާ ގެންނެވުމަށް ހަދުމަފުޅުކޮށް އަރުވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.