ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޯތި ދޫކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެ ލައްވާ ކޮމެޓީ އެކުލަވާލުމާއި ގުޅޭ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު" ގައިވާ ގޮތުގެމަތިން، ގޯތި ދޫކުރުމަށް ހުށަހަޅާ ފޯމްތައް ޗެކު ކުރުމާއި ޝަރުޠު ހަމަވާ ފަރާތްތައް ކަނޑައެޅުމަށްޓަކާ ގޯތި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގައިވާ ގޮތުގެމަތިން އެކުލަވާލާ ކޮމެޓީގައި ޢާންމުންގެ ތެރެއިން 02 މެންބަރުން އަދި ޖަމިއްޔާތަކުން 01 މެންބަރު ހިމެނުމަށް ބޭނުންވާތީ، މިދެންނެވި ކޮމެޓީގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 02 އެޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 13:00 ކުރީން ތިރީގައިމިވާ ލިންކް މެދުވެރިކޮށް މަޢުލޫމާތު ޙިއްސާކޮއްދެއްވުން އެދި ދަންނަވަމެވެ.
ލިންކް: https://forms.gle/jE9qBBz7Hjhm3Chk6
ކޮމެޓީއަށް މީހުން އަންޔަންކުރުމުގައި ބަލާނެ ކަންތައްތައް:
- މިފަހަރު ގޯތި ދޫކުރާއިރު ގޯއްޗައް އެދި ކުރިމަތިލާ މީހަކު ކަމުގައި ނުވުން
- މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗަށް ކުރިމަތިލާ މީހުންގެ ތެރޭގައި އަނބިމީހާ، ފިރިމީހާ، މަންމަ،ބައްޕަ އަދި ދަރިއެއް ގޯއްޗަށް ކުރިމަތި ނުލުން
21 މާރިޗު 2023
ހޯދާ