ދިވެހިރާއްޖެ
އިންޑިއާގެ ދެހްރާދުންގަ ހުންނަ ފޮރެސްޓް ރިސަރޗް އިންސްޓިޓިއުޓުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ތަކުގެ ދަށުން ދެކުނު އޭޝިޔާގެ 10 ދަރިވަރަކަށް ހުޅުވާލާފައިވާ ސްކޮލަރޝިޕްގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް އޮތްކަމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ވަނީ އަންގާފައެވެ.
މި ސްކޮލަރޝިޕްގެ ދަށުން ހުޅުވާލެވިފައިވާ ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ.
ވީމާ، މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން 24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ ކުރިން ތިރީގައިމިވާ ލިންކް މެދުވެރިކޮށް ހުށަހެޅުންއެދެމެވެ.
ލިންކް: www.fridu.edu.in
.........................................................................................................................................................................................
* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.
* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.