ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

އިންޖިނިއަރ (އިލެކްޓްރިކަލް) 

ވަޒީފާގެ ދާއިރާ:       

ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން

ބޭނުންވާ އަދަދު:       

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/20,300ރ. އާއި -/30,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލު ކޮށްފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ފަސްޓް ޑިގްރީއެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

މާލޭގެ ޑިސްޓްރިބިއުޝަން ނެޓްވާރކް އަޕްގްރޭޑްކުރުމާއި މެއިންޓެނަންސް މަސައްކަތްތައް ކުރުން އަދި އެމަސައްކަތްތައް ރާވައި ހިންގުން

މަޤާމު:

އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް)

ވަޒީފާގެ ދާއިރާ:       

ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން

ބޭނުންވާ އަދަދު:       

-/10,150ރ. އާއި -/20,000ރ. އާ ދެމެދު.

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

01

ފެންވަރު ނުވަތަ ޝަރުޠު:   

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ފަސްޓް ޑިގްރީއެއް ހާސިލުކޮށްފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ވަގުތީ އަދި ދާއިމީ ކަރަންޓަށް އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް ކަންތައް ރާވައި ހިންގުން.
  • ކަރަންޓް ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚިދުމަތްދިނުމާއި ދިމާވާ މައްސަލަތައް ބަލައި ކަސްޓަމަރުންނަށް ވީހާވެސް ލުއި އަދި އަވަސްކޮށް ޚިދުމަތް ފޯރުކޮށްދިނުމާއި ކުރަންޖެހޭ މަސައްކަތް ރާވައި ހިންގުން،
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތުގައި ބޭނުންކުރެވޭ ތަކެތި ގަތުމަށް ބޭނުންވާ ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި ބޭނުންކުރެވޭ ތަކެތީގެ ފެންވަރު ބަލައި މޮނިޓަރކުރުން.
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތުގެ ޕްރޮސީޖަރތައް ތައްޔާރުކުރުން.
  • ވައިރުޓެސްޓް ކުރުމާއި މީޓަރ ޓެސްޓް ކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  • ލޯވޯލްޓޭޖް ޕެނަލް ޑިޒައިން ކުރުމާއި ޓެސްޓް ކުރުން.

މަޤާމު:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:       

ހުޅުމާލެ އިންޖީނުގެ

ބޭނުންވާ އަދަދު:       

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/5,740ރ އާއި -/10،000ރ އާ ދެމެދު

ފެންވަރު ނުވަތަ ޝަރުޠު:   

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައި ވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ތަޢުލީމު ހާސިލު ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ދާއިރާގެ މައިގަނޑު މަސައްކަތް:

ފައިސާ ބަލައިގަތުމާއި، ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، ބިލްތަކަށް ޕޭމަންޓް ވައުޗަރު ހެދުމާއި، އިދާރީމަސައްކަތް ކުރުން އަދި ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

16 ޖަނަވަރީ 2015 ދުވަހުގެ 15:00 ގެ ކުރިން

މިވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް ވަޒީފާއަށް ހޮވޭ ފަރާތުގެ ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިމަޤާމުތަކަަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން، އަދި އައި.ޑީކާޑުގެ ކޮޕީ، ވަޒީފާއަށް އެދޭ ފޯމާއެކު، މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 16 ޖަނަވަރީ 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

                          09 ރަބީޢުލްއައްވަލް 1436

ނޯޓް: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338234 / 3338262 ނަންބަރު ފޯނާއެވެ.

31 ޑިސެންބަރު 2014
ހޯދާ