ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމާޟާންމަހު ފިޠުރުޒަކާތް ބަލައިގަތުން، ރަމަޟާންމަހުގެ 4 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން 12:00 އަށް "އުސްގެ"ގައި އޮންނާނެއެވެ. އަދި އޮންލައިންކޮށް ފައިސާ ބަލައިގަތުމަށް މިރަމަޟާންމަހު ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ފިޠުރު ޒަކާތު ފައިސާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރައްވައި 7318831 އަށް ސްލިޕް ވައިބަރ ކުރެއްވުން އެދެމެވެ.
އެކައުންޓް ނަންބަރު |
7706700294004 |
އެކައުންޓް ނަން |
1304 ޚަރަދު 2 |
ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯއެވެ. ޒަކާތް ނެރޭނީ އަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ބާވަތަކަށް ބަލައިގެންނެވެ. މިއިދާރާއަށް ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ މިންވަރަށްވާ ފައިސާއިންނެވެ. ޒަކާތް ދައްކަވަން ވަޑައިގަންނަވާއިރު އެބޭފުޅަކު ދައްކަވަންޖެހޭ އަދަދަށް ފައިސާ ހަމައަށް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. ޒަކާތް ދެއްކުމުގައި ވަރަށް ގިނަފަހަރު އޮޅިގެން އެއްގެއަކަށް ދެފަހަރަށް ޒަކާތް ދެއްކޭގޮތް މެދުވެރިވާތީ، ޒަކާތް ދެއްކުމުގެ ކުރިން އެގެއަކުން ޒަކާތް ދައްކާފައި ނުވާކަން ޔަގީންކުރައްވައި ޒަކާތް ދެއްކުމަށް ވަޑައިގަތުމަށް ދަންނަވަމެވެ. ފިޠުރު ޒަކާތުގެ ގޮތުގައި އެކިއެކި ގޮވާމުގެ ބާވަތްތަކުން ދައްކަންޖެހޭ ފައިސާގެ އަދަދުތައް ތިރީގައި އެވަނީއެވެ.
|
އާދައިގެ ހަނޑޫ |
ތައިލެންޑު ހުދު ހަނޑޫ |
ރަތް ހަނޑޫ |
ގޮދަން ފުށް |
އާޓާ ފުށް |
2.4 ކިލޯ |
-/12 ރުފިޔާ |
-/84 ރުފިޔާ |
-/99 ރުފިޔާ |
-/12 ރުފިޔާ |
-/75 ރުފިޔާ |
|
ބާސްމަތީ ހަނޑޫ (އާދައިގެ) |
ބާސްމަތީ ހަނޑޫ (މޮޅު) |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
2.4 ކިލޯ |
-/84 ރުފިޔާ |
-/100 ރުފިޔާ |
-/125 ރުފިޔާ |