މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ޖީއައިއެސް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޖީއައިއެސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް އެސް 1 (މެނޭޖީރިއަލް ސާރވިސް 1) / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ / ސްޕެޝަލް ސެކްޝަން ، ކ. މާލެ

މަޤާމުގެ ނަންބަރު

256980

މުސާރައާއި އިނާޔަތްތައް

މުސާރަ:  -/5610 ރ

ސަރވިސް އެލަވަންސް: -/2000ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

މަޤާމުގެ  މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރާއްޖޭގައި ޤުދުރާތީގޮތުން އުފެދިފައިވާ ތަންތަނުގެ ނަންތަކުގެ އިންފޮމޭޝަން ސިސްޓްމެއްގައި ހިމެނޭ ޑޭޓާތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ރާއްޖޭގައި ޤުދްރަތީގޮތުން އުފެދިފައިވާ ތަންތަނުގެ ރަސްމީ ޑިސްކްރިޕްޝަނެއް ތައްޔާރުކޮށް އަދި އެތަންތަނަށް ކިޔާނެ ރަސްމީ ނަންތަކުގެ ލިސްޓު ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  3. މެޕްތަކާއި އޭރިއަލް ފޮޓޯތައް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ބޭނުންވާ އިމޭޖިންގ ޕްރޮސެސިންގ މަސައްކަތްކުރުން.
  4. ރާއްޖޭގައި ކުރެހޭ މެޕްތަކުގެ ސްޓޭންޑަޑްތަކެއް ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  5. ޖީއައިއެސް އެޕްލިކޭޝަންތައް ބޭނުންކުރުމާއި، އެންޖީއައިއެސްއާ ބެހޭގޮތުން ސަރުކާރުގެ އޮފީސްތަކަށް ޓްރޭނިނިންގ ރާވައި ހިންގުމުގައި އެހީތެރިވުން.
  6. ސެކްޝަނުން އެތާނގެ މުވައްޒަފުންނަށް ހިންގާ ކުރުމުއްދަތުގެ އިންހައުސް ޓްރެއިނިންގ ރާވައި ހިންގުމުގައި އެހީތެރިވުން.
  7. ޖީއައިއެސްއާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވުން
  8. މަތީގައިވާ ކަންތައްތަކާ ގުޅިގެން:
    • ފޮނުވަންޖެހޭ ސިޓީ ޑްރާފްޓްކުރުން، ސިޓީތަކާއި ލިޔުންތައް ފައިލްކުރުން އަދި ފައިލްތައް ބެލެހެއްޓުން.
    • މިނިސްޓްރީގެ ސެކްޝަންތަކަށް ފޮނުވަންޖެހޭ މެމޯ ޑްރާފްޓްކޮށް ފޮނުވުމާއި، މެމޯ ފައިލްކޮށް ބެލެހެއްޓުން.
    • އެހެން އޮފީސްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
    • ސެކްޝަނަށް އަންނަ ސިޓީތަކާއި ސެކްޝަނުން ބޭރަށް ފޮނުވަންޖެހޭ ސިޓިތައް އެންޓަރކޮށް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004265 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
  • ސުންގަޑި: 14 ޖަނަވަރީ 2015 ވާ ބުދަދުވަހުގެ މެންދުރު 12:00 ގެ ކުރިން 
  • އިންޓަރވިއު ބޭއްވޭނެ މުއްދަތު:

ޖަނަވަރީ - ފެބުރުވަރީމަހުގެ ތެރޭގައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު ހައުސިންގ މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ (http://www.housing.gov.mv) ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. )
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތާ ގުޅުން ހުރި ތަޢުލީމީ ސެޓުފިކެޓު ލިބިފައި ނުވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓުފިކެޓުގެ ލެވެލް އެނގޭނެ ލިޔުމެއް ހުށަހެޅުން (ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މިމަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތަކާއި އަދި ސީވީ ފިޔަވައި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ ކޮޕީ.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

10 ރަބީޢުލްއައްވަލް 1436

01 ޖަނަވަރީ 2015
ހޯދާ