މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބޮޑެތި ބަލިތައް ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަ ހަމަޖެއްސުން

މި ކުންފުނީގެ ނަންބަރު (IUL)MHCL-ADM/1/2023/7 (9 މާރިޗު 2023) އިޢުލާނުގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ ތާރީޚު ބަޔާންކޮށްފައިވާއިރު އިދާރީ އޮޅުމަކުން 21 މާރިޗު 2023 ވާ ބުރާސްފަތި ދުވަސް ޖެހިފައިވާކަން މި ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާތީ، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 21 މާރިޗު 2023 ވާ އަންގާރަ ދުވަސްކަމުގައި ހުރިހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވެމެވެ.

ވީމާ، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ކުރެވިފައިވާ ޙައްޖު ޖާގައަށް އެދި ފޯމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މިއަދު (21 މާރިޗު 2023) ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުއްވުން އެދެމެވެ.

21 މާރިޗު 2023
ހޯދާ