މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ނެގުން

1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 04 ރަމަޟާން 1444 (2023 މާރިޗު 26) ވާ އާދިއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 (2023 އެޕްރީލް 18) ވާ އަންގާރަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން 12:30 އަށް މި އިދާރާއިން ފިޠުރު ޒަކާތް ބަލައިގަންނާނެއެވެ

ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީހަކަށް 2.4 ކިލޯ މިންވަރަށްވާ ނަގުދު ފައިސާ އިންނެވެ. އޮންލައިންކޮށް ފައިސާ ދެއްކުމަށް ބޭނުންވެލައި ފަރާތްތަކަށް އެފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ

އެކައުންޓްގެ ނަން

އެކައުންޓް ނަންބަރު

1328 KHARADHU 2

7720700438004

އަދި ދަންނަވަމެވެ. އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުން ރިމާރކްސްގައި ފައިސާ ދައްކަވާ ގޭގެ ނަމާއި ޒަކާތް ދައްކާ ފަރާތްތަކާއި މީހުންގެ އަދަދު އަދި ކާބޯތަކެތީގެ ކޮންބާވަތެއްކަން ޖެއްސެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ފައިސާ ޖަމާކުރެއްވުމަށްފަހު ޓްރާސްފަރ ކުރެއްވި ސްލިޕް [email protected] ނުވަތަ 7763264 އަށް ވައިބަރ ކުރެއްވުންއެދެމެވެ.

ފިޠުރު ޒަކާތް ނެރޭނީ ގޮވާމުގެ ބާވަތްތަކުގެ ރޭޓުތަކުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން އާއްމު ކޮށްފައިވާ ރޭޓުތަކުންނެވެ.

މި އިޢުލާނާއި އެކު 1444 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުގެ ތަފްސީލް ކަރުދާސް އެއް ހީރާސް ކުރީމެވެ.

ވީމާ މިކަން އެންމެހާ ފަރާތްތަކުގެ މައުލޫމާތައްޓަކައި އަންގަމެވެ.

 

 
20 މާރިޗު 2023
ހޯދާ