ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު (ފޮޅައި ސާފުކުރުން)

 (IUL)HAAH/HAAH/2023/19 :އިޢުލާން ނަންބަރު

އިޢުލާން

ހއ.އަތޮޅު ހޮސްޕިޓަލް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިހޮސްޕިޓަލުން ކޮށްފައިވާ ނަމްބަރ އިޢުލާން HAAH/HAAH/2023/1  ( 19 ޖެނުއަރީ 2023 ) ބާތިލްކޮށް، މިމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

          ވީމާ، މިމަސައްކަތްކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 30 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް ބީލަން ހުށަހެޅުއްވުމަށްޓަކައި ހއ.އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށްޓަކައި ގަޑިއަށް ވަޑައިނުގަންވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

          އަދި ދަންނަވަމެވެ، މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، އިޢުލާނާއިއެކު އާއްމު ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި  6500093 ނަންބަރު ފޯނަށެވެ.

 

20 މާރިޗު 2023
ހޯދާ