ދިވެހިރާއްޖެ
އިޢުލާން
މާލެއަތޮޅު ވިލިނގިލީގެ ޕްރީސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް މުޙްޔިއްދީން ސްކޫލުގައި 2015 ވަނަ އަހަރު ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ވަގުތީގޮތުން ހުޅުވާލުން
މާލެއަތޮޅު ވިލިނގިލީގައި ޕްރީސްކޫލް ތަޢުލީމު ހާސިލުކުރަމުންދިޔަ ބައެއް ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު ގެއްލިދާނެ ކަމުގެ ކަންބޮޑުވުންތައް ބެލެނިވެރިންގެ ފަރާތްޕުޅުންވެސް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްދެއްވާފައިވާތީއާއި، އާ ދިރާސީ އަހަރު ފެށޭއިރު އެދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތްޕުޅުން މި މިނިސްޓްރީގައި އެދިވަޑައިގެންފައިވާތީ، މާލެއަތޮޅު ވިލިނގިލީގައި ޕްރީސްކޫލް ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް މުޙްޔިއްދީން ސްކޫލްގައި ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖައްސައިފީމެވެ.
ވީމާ، މި ފުރުޞަތުގެ ބޭނުންހިއްޕެވުމަށް ބޭނުންފުޅުވާ ބެލެނިވެރިން 2015 ޖަނަވަރީ 3 ވާ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 2:00 އަށް މުޙްޔިއްދީން ސްކޫލަށް ވަޑައިގެން ރަޖިސްޓްރޭޝަން ފޯމު ނަންގަވައި ފުރިހަމަކުރެއްވުމަށްފަހު 07 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.
މިގޮތުން މިހުޅުވާލާ ފުރުޞަތުގައި ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ މިދަންނަވާ އުމުރުފުރާ ތަކަށެވެ.
- ބޭބީ ނާސަރީއަށް : 2015 ޖަނަވަރީ 1 އަށް ، 2 އަހަރާއި 6 މަސް ފުރިފައިވުން
- ނާސަރީއަށް : 2015 ޖަނަވަރީ 1 އަށް ، 3 އަހަރު ފުރި 4 އަހަރު ފުރިފައި ނުވުން
- އެލް.ކޭ.ޖީއަށް : 2015 ޖަނަވަރީ 1 އަށް ، 4 އަހަރު ފުރި 5 އަހަރު ފުރިފައި ނުވުން
- ޔޫ.ކޭ.ޖީއަށް : 2015 ޖަނަވަރީ 1 އަށް ، 5 އަހަރު ފުރި 6 އަހަރު ފުރިފައި ނުވުން
09 ރަބީޢުލްއައްވަލް 1436