މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުޅުމާލެ ފޭސް 2 ގައި ޤާއިމު ކުރަމުންދާ މޯލްޑިވްސް އިމިގްރޭޝަންގެ ޑީޓެންޝަން ފެސިލީޓީގެ އޮފީސް ބައިގައި ނޮވިލޯން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް.
އިޢުލާން
ޕްރޮޖެކްޓް ނަންބަރު: PC-942023W-20
އަންދާސީ ހިސާބު ބޭނުންވެއްޖެ
- ހުޅުމާލެ ފޭސް 2 ގައި ޤާއިމު ކުރަމުންދާ މޯލްޑިވްސް އިމިގްރޭޝަންގެ ޑީޓެންޝަން ފެސިލީޓީގެ އޮފީސް ބައިގައި ނޮވިލޯން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މިޕްރޮޖެކްޓަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 30 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 21:30 އަށް ހުުޅުމާލެ ފޭސް 2 (Temp 230) މޯލްޑިވްސް އިމިގްރޭޝަންގެ ޑީޓެންޝަން ފެސިލީޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- ބީލަން ހުށައެޅުން އޮންނާނީ 10 އޭޕްރިލް 2023 ވާ ހޯމަ ދުވަހުގެ 11:00:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން،
މޯލްޑިވްސް އިމިގްރޭޝަން،
ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން :,7794921 +960 3330470, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
20 މާރިޗު 2023
ހޯދާ